މިއަދުގެ ރީތި ތާރީހުގައި މާލޭގައި 58 ކައިވެނި

މިއަދުގެ ރީތި ތާރީހުގައި މާލޭގައި 58 ކައިވެނި
ލިޔުން:
ކައިވެނިކުރާ ތާރީހަކީ ލިޔެފައި އޮންނަ އިރު ރީތި ތާރީހަކަށް ހެދުމަށް ޓަކައި އެފަދަ ތާރީހުތަކާ ދިމާކޮށް ކައިވެނިކުރަން ގިނަ ބަޔަކު އުޅެ އެވެ. މިއަދު (22 ޑިސެމްބަރު، 2022) އަކީ އެފަދަ ތާރީހެކެވެ. މިއަދުގެ ތާރީހު ލިޔާ އިރު އޮންނާނީ " 2022-12-22" މިހެންނެވެ.
ފެމިލީ ކޯޓުން ބުނީ މިއަދު އެކޯޓުގައި ގިނަ އަދަދެއްގެ ކައިވެނިކޮށްދޭން ހަމަޖެހިފައިވާ ކަމަށެެވެ. އެކޯޓުގައި މިއަދު ކުރަން ހަމަޖެހިފައި ވަނީ 58 ކައިވެންޔެވެ. އެއީ ރަސްމީ ގަޑީގައި 25 ކައިވެނި އަދި ނުރަސްމީ ގަޑީގައި 33 ކައިވެންޏެވެ.
[embed]https://twitter.com/FamilyCourtMv/status/1605768962121277441?s=20&t=VbA-B3O9rT-eSI_S0aG13w[/embed]
މިއަދު އެހާ ގިނަ ކައިވެނިކުރާތީ، ކައިވެންޏަށް ކޯޓަށްދާ ފަރާތްތަކަށް ފަސޭހަކޮށްދޭން ފެމިލީކޯޓުން ވަނީ އެކޯޓުގެ ބޭރުގައި ޓެންޓްތަކެއް ޖަހައިފަ ގޮނޑިވެސް އަތުރައިފަ އެވެ. އެއީ ކައިވެނިކުރަން ކޯޓަށް ދާ މީހުން ގިނަ އިރުތަކެއް ވަންދެން ކޯޓުގެ ބޭރުގައި މަޑުކުރަން ޖެހޭނެތީ ހިޔަލުގައި އިށީނދެ ތިބެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
