
މިއަދުގެ މަޖިލިސް ފެށީ ނަޝީދު ރިޔާސަތުގައި އިންނަވައިގެން
މިއަދުގެ މަޖިލިސް ފެށީ ނަޝީދު ރިޔާސަތުގައި އިންނަވައިގެން
ލިޔުން:
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންނަވައިގެން މިއަދުގެ މަޖިލިސް ޖަލްސާ ފަށައިފިއެވެ.
މިއަދުގެ ޖަލްސާ ފަށަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުވެރިވާ ކަމަށް ކުރިން ވިދާޅުވި ނަމަވެސް މަޖިލިސް ހުއްޓިފައި އޮތުމަކީ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމުގައެެވެ.
ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ހުއްޓިފައި އޮތުމަކީ ގިނަ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެއް، މަޖިލިސް ބަލަހައްޓަވަމުން ގެންދެވި ވިލުފުށީ ދާއިރާގެ މެންބަރު ރައީސުލް ޖުމްހޫރިއްޔާ އާ ބައްދަލުކުރެއްވި، އެހެންނަމަވެސް އެބައްދަލު ކުރެއްވުމުން، މި މަޖިލިސް ކުރިއަށްގެންދިއުމަށް ފުރުސަތު ލިބިގެން ނުދިޔަ " ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝިދު ވިދާޅުވީ އެމަނިކުފާނުގެ އުޒުރަށް ވުރެ ބޮޑަށް ރައްޔިތުންގެ މަސްލަހަތު ހިފަހައްޓްނަ ޖެހޭކަމަށެވެ.
"އަޅުގަނޑުގެ އުޒުރުތަކަށް ވުރެ މާ މަތީ މަސްލަހަތެއް ހިފަހައްޓަން ޖެހޭ އެއީ ރައްޔިތުންގެ މަސްލަހަތު މުޅި ރާއްޖޭގެ މަސްލަހަތު. މަޖިލިސް ހުއްޓިފައި އޮތުމަކީ ރައްޔިތުންގެ މަސްލަހު ހިފެހެއްޓޭނެ ގޮތެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ، މަޖިލިސް ފެށުމަކީ އެމަނިކުފާނުގެ ވާޖިބެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ނަޝީދު މިއަދުގެ މަޖިލިސް ޖަލްސާ ފައްޓަވާފައި މިވަނީ އެމަނިކުފާނުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް އޮތުމުން މަޖިލިސް ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އުޒުވެރިވާ ކަމަށް ވިދާޅުވެ ޖަލްސާތަކުގެ ރިޔާސަތު އެމަނިކުފާނު ނުބަލަހައްޓަވާ ހަތަރު ޖަލްސާ މެދުކެނޑުމަށް ފަހުގަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
