މާލެ: 31°C
މިއަދުގެ 12 ޖެހުމާއި ހަމަޔަށް، ވޯޓުލީ 11 އިންސައްތަ މީހުން

މިއަދުގެ 12 ޖެހުމާއި ހަމަޔަށް، ވޯޓުލީ 11 އިންސައްތަ މީހުން

January 13, 2024
3 ފަހަރު ބަލާފައި
މިއަދުގެ 12 ޖެހުމާއި ހަމަޔަށް، ވޯޓުލީ 11 އިންސައްތަ މީހުން
މާލެ ސިޓީގެ މޭޔަރު ކަމާއި ކައުންސިލްތަކުގެ ހުސްވެފައިވާ މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބުގެ ބައި އިލެކްޝަނުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު، މިއަދުގެ 12 ޖެހުމާއި ހަމަޔަށް ވޯޓު ލާފައިވަނީ އެންމެ 11 އިންސައްތަ މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އިލެކްޝަންސް ކޮމިޝަނުން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު، މެންދުރު 12 ޖެހުމާ ހަމަޔަށް 6،201 މީހުން ވޯޓު ލާފައިވާއިރު، އެއީ 11.07 އިންސައްތަ އެވެ. މިހާތަނަށް އާއިރު، 88.93 މީހުން ވޯޓު ނުލާއިރު، އެއީ 49،801 މީހުންނެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 54،680 މީހުން އެބަތިއްބެވެ. މިހާތަނަށް ވޯޓުލާން ނިކުން ގިނަ މީހުންނަކީ ފިރިހެނުންނެވެ. https://twitter.com/ElectionsMv/status/1746074344873410593 ހުސްވެފައިވާ މާލެ ސިޓީގެ މޭޔަރު ކަމާއި ކައުންސިލްތަކުގެ ހުސްވެފައިވާ މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބުގެ ބައި އިލެކްޝަނުގެ ވޯޓުލުން ފަށާފައިވަނީ ހެނދުނު 8 ޖެހިއިރުއެވެ. އިންތިހާބުގެ ވޯޓުލުން މިއަދު ހަވީރު 5 ޖެހުމާއި ހަމަޔަށް ކުރިއަށްދާނެއެވެ.

މާލޭގެ މޭޔަރުކަމަށް މިފަހަރުގެ އިންތިހާބުގައި ޖުމްލަ 5 ކެންޑިޑޭޓުން ވާދަކުރެއެވެ. އެ ކެނޑިޑޭޓުންނަކީ:

  • އާދަމް އާޒިމް – އެމްޑީޕީ
  • އާއިޝަތު އާޒިމާ ޝަކޫރު – ޕީއެންސީ
  • މުހައްމަދު ސައިފް ފާތިހު – ދަ ޑިމޮކްރެޓްސް
  • ޝުއައިބު އަލީ (ފުރަހަނި) – އަމިއްލަ ގޮތުން
  • ހުސައިން ވަހީދު –  އަމިއްލަ ގޮތުން
ވޯޓުލާންދާ ތަން ޗެކް ކުރުމަށް އެސްއެމްއެސް ކުރާނީ، VR (space) NID ޖެއްސުމަށްފަހު 1414 އަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ