މާލެ: 31°C
މިއަދުވެސް ބައެއް ސަރަހައްދުތަކަށް އުދަ އަރާފާނެ: މެޓް

މިއަދުވެސް ބައެއް ސަރަހައްދުތަކަށް އުދަ އަރާފާނެ: މެޓް

July 22, 2024
2 ފަހަރު ބަލާފައި
މިއަދުވެސް ބައެއް ސަރަހައްދުތަކަށް އުދަ އަރާފާނެ: މެޓް
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަަކަށް މިއަދުވެސް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ. މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ، ބައެއް ރަށްތަކަށް ކެރީގެ އަަސަރު ފޯރި ނަމަވެސް ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަަޅުވާނެ ކަމަށެވެ. މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން، އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ. ނަމަވެސް އެ އިދާރާއިން ވަނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ބުނެފައެވެ. ފާއިތުވި ދުވަހުވެެސް ބައެއް ރަށްތަކަަށް އުދަ އަރަައިގެން ރިޕޯޓްކޮށްފައިވެއެވެ. އަދި ރާއްޖެގެ ބޮޑު ބަޔަކަށް އުދަ އަރާފާނެތީ އިއްޔެ ހުދު ސަމާލުވެސް ނެރުނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ