މާލެ: 31°C
މިއަދު މާލޭ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ

މިއަދު މާލޭ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ

July 13, 2023
2 ފަހަރު ބަލާފައި
މިއަދު މާލޭ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ
މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި މިއަދު މެންދުރު 14:00 އިން 16:00 އަށް މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށެވެ. ސްޓެލްކޯއިން ބުނި ގޮތުގައި މާލޭގައި ކަރަންޓު ކެނޑޭނީ މާފަންނުގެ އަމީނީ މަގާއި، ކަނބާ އައިސަ ރަނި ހިނގުން، ބުރުޒު މަގު އަދި ޝަހީދު އަލީ ހިނގުމުން ކަމަށެވެ. https://twitter.com/STELCOMALDIVES/status/1679345428251435009?s=20 އަދި ހުޅުމާލޭގެ އެމްޕީއެލް ހިމެނޭ ސަރަހައްދުގެ ފިތުރޯނު މަގުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ސްޓެލްކޯއިން ކުރި ޓްވީޓުގައި ކަަރަންޓު ކެނޑިދާނެކަމަށް ބެލެވޭ ސަހައްދުތައް ފާހަގަކޮށްފައިވެއެވެ. ކަރަންޓު ކެނޑުމާއި ގުޅިގެން އެ ވަގުތުތަކުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަަކަށް އެކުންފުނިން ވަނީ މާފަށް އެދިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ