މާލެ: 31°C
މިއަދު މައްޗަންގޯޅި އާއި ހެންވޭރުގެ ބައެއް ސަރަހައްދު ތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މިއަދު މައްޗަންގޯޅި އާއި ހެންވޭރުގެ ބައެއް ސަރަހައްދު ތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

May 20, 2024
3 ފަހަރު ބަލާފައި
މިއަދު މައްޗަންގޯޅި އާއި ހެންވޭރުގެ ބައެއް ސަރަހައްދު ތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
ސްޓެލްކޯގެ ކަރަންޓުގެވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތައް މައްޗަންގޯޅި އާއި ހެންވޭރުގެ ބައެއް މަގުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް އެކުންފުނިން ބުނެފިއެވެ. ސްޓެލްކޯއިން ބުނީ މައްޗަންގޮޅި ދިލްބަހާރު މަގު، ކުދީނާ ގޯޅި، ކުދިރަތްމާ ގޯޅި، ދިލްބަހާރު ގޯޅި، ދިލްބަހާރުމަގު ހަނި ގޯޅި، ކުރިކީލަ މަގު، ޗާންދަނީ މަގު، އަދި ދެވިނަ މަގު ހިމެނޭ ސަރަހައްދުން މިއަދު ހެނދުނު 10:00 ން 11:30 ށް ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށެވެ. https://twitter.com/STELCOMALDIVES/status/1792404773393887578 އަދި ހެންވޭރުގެ ފަޅުމަތީ މަގު، ބޮޑުތަކުރުފާނު މަގު، މާނިފާ ހިނގުން، ކޮއިމަލާ ހިނގުން، އަމީނީ ގޯޅި، ރެހެނދި ހިނގުން، ތަނޑިރަތްމާ ގޯޅި އަދި ރަށްދެބައި ހިނގުން ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 14:00 ން 16:00 ށް ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެއެވެ. https://twitter.com/STELCOMALDIVES/status/1792406784877191658 ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ކަަރަންޓު ކެނޑިދާނެ ކަމަށް ބެލެވޭ ސަރަހައްދުތައް ފާހަގަކޮށްފައިވެއެވެ. ކަރަންޓު ކެނޑުމާއި ގުޅިގެން އެ ވަގުތުތަކުގައި ދިމާވެދާނެ ދަތިތަަކަށް އެކުންފުނިން މާފަށް އެދޭކަމުގައި ވެސް ސްޓެލްކޯއިން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ