މާލެ: 31°C
މިއަދު މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ

މިއަދު މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ

January 23, 2024
3 ފަހަރު ބަލާފައި
މިއަދު މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ
މާފަންނުގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން "އެކްސް" ގައި ކުރި ފޯސްޓެއްގައި ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި މިއަދު ހެނދުނު 9:30 އިން މެންދުރު 12:00 އަށް މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށެވެ. ސްޓެލްކޯއިން ބުނި ގޮތުގައި ކަރަންޓު ކެނޑޭނީ މާފަންނުގެ ހަވީރީ ގޯޅިއާއި، ކެނެރީ ގޯޅީގެ އިތުރުން ފިޔާތޮށިމަގު ހިމެނޭ ސަރަހައްދުންނެވެ. https://twitter.com/STELCOMALDIVES/status/1749641530087022969 އެ މިކުންފުނީގެ ކަރަންޓުގެ ވިއުގައިގައި ހިމެނޭ ލޯ-ވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެ، މާފަންނުގެ ޖަވާހިރުމަގުގެ ބައެއް ސަރަހައްދުތަކުން މިހާރު ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާއިރު، ވަގުތީ ކޭބަލެއް އަޅައި އެ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. ސްޓެލްކޯއިން ކުރި ފޯސްޓުގައި ކަަރަންޓު ކެނޑިދާނެކަމަށް ބެލެވޭ ސަހައްދުތައް ވަނީ ފާހަގަކޮށްފައެވެ. އަދި ކަރަންޓު ކެނޑުމާއި ގުޅިގެން އެ ވަގުތުތަކުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަަކަށް އެކުންފުނިން މާފަށް އެދިފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ