މާލެ: 31°C

މިއަދު ކުރިއަށްދާ ޑަބްލިއުޑީސީ ބައި-އިލެކްޝަންތައް ކުރިއަށް ދަނީ ވަރަށް އޮމާންކޮށް: އިލެކްޝަންސް

މިއަދު ކުރިއަށްދާ ޑަބްލިއުޑީސީ ބައި-އިލެކްޝަންތައް ކުރިއަށް ދަނީ ވަރަށް އޮމާންކޮށް: އިލެކްޝަންސް
June 17, 2023
2 ފަހަރު ބަލާފައި
މިއަދު ކުރިއަށްދާ ޑަބްލިއުޑީސީ ބައި-އިލެކްޝަންތައް ކުރިއަށް ދަނީ ވަރަށް އޮމާންކޮށް: އިލެކްޝަންސް

މިއަދު ކުރިއަށްދާ އަށް ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (ޑަބްލިއުޑީސީ) ގެ ބައި-އިލެކްޝަންގެ ވޯޓުލުން މިހާތަނަށް ދަނީ ވަރަށް އޮމާންކޮށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

މިއަދު ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ ހދ. ފިނޭ، ރ. އަނގޮޅިތީމު، ކ. ދިއްފުށި، އއ. ފެރިދޫ، މ. ވޭވަށް، ތ. ގާދިއްފުށި، ކ މާމެންދޫގެ އިތުރުން ގދ. ހޯނޑެއްދޫ ޑަބްލިއު ޑީސީއިން ހުސްވެފައިވާ މަގާމުތަކަށް މީހުން އިންތިހާބުކުރުމަށެވެ.
އީސީގެ ނައިބު ރައީސް އިލްމާއީލް ހަބީބް 'މިނިވަން' އަށް ވިދާޅުވީ، މިއަދުގެ އިލެއްކްޝަން އެ ހުރިހާ ރަށެއްގައި ވެސް ކުރިއަށް ދަނީ ވަރަށް އޮމާންކޮށ ްކަމަށެވެ.
"މިހާތަނަށް އެއްވެސް ހަމަނުޖެހުމެއްގެ ހަބަރު ލިބިފައެއް ނެތް، ހުރިހާ ކަމެއްވެސް ވަރަށް އަމާންކޮށް ވަރަށް ރަނގަޅަށް ހުރިހާ ރަށެއްގައި ވެސް ދާކަމަށް އަޅުގަނޑު މެންނަށް މައުލޫމާތު ލިބިފައިވަނީ" އިސްމާއިލް ހަބީބް ވިދާޅުވިއެވެ.
މިއަދު ގެ ވޯޓުކުން 4:00 ގައި ނިންމާލަން ހަަމަޖައްސާފައިވާ އިރު،  ބާކީ ގަޑިއެއްގެ އިރަށް ވީ އިރު ވޯޓުލާފައިވަނީ ހުރިހާ ރަށަކުން ޖުމްލަ 2307 މީހުން ނެވެ.
[embed]https://twitter.com/ElectionsMv/status/1670013418789818369[/embed]
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މި ބައި-އިލެކްޝަންތަކަށް ޖުމްލަ 4.985 ވޯޓު ކަރުދާސް ޕްރިންޓްކޮށްފައިވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ