މާލެ: 31°C
މިއަދު ހިފާ އިރުކޭތަ ރާއްޖެއަކަށް ނުފެންނާނެ: މައުމޫން

މިއަދު ހިފާ އިރުކޭތަ ރާއްޖެއަކަށް ނުފެންނާނެ: މައުމޫން

April 8, 2024
3 ފަހަރު ބަލާފައި
މިއަދު ހިފާ އިރުކޭތަ ރާއްޖެއަކަށް ނުފެންނާނެ: މައުމޫން
މިއަދު ހިފާ އިރުކޭތަ ރާއްޖެއަށް ނުފެންނާނެ ކަމަށް ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ހަތަރު މިނެޓް 24 ސިކުންތަށް ހިފާ އިރުކޭތަ ރާއްޖެއަށް ނުފެންނާނެ ކަމަށާއި އެއީ އިރު ކޭތަ ހިފަން ފަށަނީ ރާއްޖެ ގަޑިން 20:42 ގައި ކަމަށް ވާތީ ކަމަށެވެ. https://twitter.com/maumoonagayoom/status/1777219032078590003 https://twitter.com/maumoonagayoom/status/1777219032078590003 ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަދު ހިފަނީ ޓޯޓަލް ސޯލާ އިކްލިޕްސްއެކެވެ. އެއީ ހަނދުގެ ހިޔައިން މުޅި އިރު އެއްކޮށް ފޮރުވާލާނެ އިރުކޭތައެކެވެ. އެފަދަ އިރުކޭތައަށް އެމެރިކާ އަށް ނުފެންނަތާ މިހާރު ހަތް އަހަރު ވެފައިވާއިރު، ކުރިއަށް އޮތް ދެ ގަރުނުވައި ވެސް އެފަދަ އިރުުކޭތަކެއް އެމެރިކާއަށް ނުފެންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއަދު ހިފާ އިރުުކޭތަ އެމެރިކާގެ 15 ސްޓޭޓަކަށް ފެންނާނެ ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ. އިރު ކޭތަ ހިފާނެ ކަމަށް ބެލެވެނީ ޖީއެމްޓީ ގަޑިން 17:00 ގައެވެ. އިރު ކޭތާއި ހަނދު ކޭތައަކީ އަހަރަކު މަދު ފަހަރަކު ހިފާ އެއްކެޗެވެ. ފަލަކީ އިލްމުވެރިން ބުނާ ގޮތުގައި މި އަހަރު ދެ އިރުކޭތަ އަދި ތިން ހަނދު ކޭތަ ހިފާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ