މާލެ: 31°C
މިއަދު ހެންވޭރުގެ ބައެއް ސަރަހައްދު ތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މިއަދު ހެންވޭރުގެ ބައެއް ސަރަހައްދު ތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

February 7, 2024
3 ފަހަރު ބަލާފައި
މިއަދު ހެންވޭރުގެ ބައެއް ސަރަހައްދު ތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
މިއަދު މާލެ ސިޓީ ހެންވޭރުގެ ބައެއް ސަރަހައްދު ތަކުން ކަރަންޓު ކެނޑިދާނެކަމަށް ސްޓްލްކޯއިން ބުނެފި އެވެ. ސްޓެލްކޯއިން ބުނީ، އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް، ހެންވޭރު ލޮނުޒިޔާރަތް މަގު އަދި އިރުދޭމާ ހިނގުން ހިމެނޭ ސަރަހައްދުން މިއަދު ހެނދުނު 09:30 އިން 11:30 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއްކަމަށެވެ.  އަދި ހެންވޭރު ލޮނުޒިޔާރަތް މަގު އަދި ޖަނަވަރީ ހިނގުން ހިމެނޭ ސަރަހައްދުން މިއަދު  މެންދުރު 14:00 އިން 16:00 އަށް ވެސް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއްކަމަށެވެ. އޭގެ އިތުރުން، ހެންވޭރު ލޮނުޒިޔާރަތް މަގު އަދި މޫންލައިޓް ހިނގުން ހިމެނޭ ސަރަހައްދުން ވެސް މިއަދު މެންދުރު 14:00 އިން 16:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއްކަމަށް އެ ކުންފުނިން ބުންޏެވެ. ކަރަންޓު ކެނޑިގެން ދިމާވެދާނެ ދަތިތަކަށްޓަކާ ސްޓެލްކޯ އިން މާފަށް އެދޭކަމަށް އެކުންފުނިން ބުންޏެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ