މާލެ: 31°C

މިއަދު ހަވީރު ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ

December 28, 2022
2 ފަހަރު ބަލާފައި
މިއަދު ހަވީރު ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ
މިއަދު ހަވީރު ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ. ނޫސްވެެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާ ގޮތަށް އެމަނިކުފާނު ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވަނީ އެފަދަ ބައްދަލުވުމެއް ނުބާއްވަވާތާ ގާތްގަނޑަކަށް ހަމަސް ފަހުންނެވެ. އެމަނިކުފާނު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރެއްވީ މިއަހަރުގެ ޖޫންމަހުގެ އަށް ވަނަ ދުވަހު އެވެ. ރައީސް އޮފީހުން ބުނި ގޮތުގައިި ރައީސް ސޯލިހު ނޫސްވެެެރިންނާ ބައްދަލުކުރައްވާނީ މިއަދު ހަވީރު 4:30 ގަ އެވެ. ރައީސް ސޯލިހު ނޫސްވެރިންނާ މި ބައްދަލުކުރައްވަނީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުން ބޮޑުވެފައިވާ އަދި ރާއްޖޭގެ ސިޔާސީ މަޝްރަހު ވެސް ހަލަބޮލިވެފައިވާ ދަނޑިވަޅެއްގަ އެވެ. އެމްޑީޕީގެ އެތެރޭގައި މިހާރު އުފެދިފައިވާ ހަމަނުޖެހުމަކީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެޕާޓީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓެއް ކަނޑައަޅަން ބާއްވާ ރިޔާސީ ޕްރައިމަރީގެ އިންތިޒާމްތަކާ މެދު ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ކުރައްވަމުން ގެންދަވާ ތުހުމަތުތަކާއި ޝަކުވާ ތަކުގެ ސަބަބުން އުފެދުނު ހަމަނުޖެހުމެކެވެ. ' ޕްރައިމަރީގެ ކަންތައްތައް ބަލަހައްޓަން ފަސް މެމްބަރުންގެ ކޮމިޓީއެއް ނަަގަން މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާ ހޫނުވެ، ނަޝީދުގެ ސަޕޯޓަރުން އެ ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގެންނެވީ އެ ކޮމިޓީގައި ނަޝީދު ތަމްސީލުކުރައްވާ ބޭފުޅަކު ހިމެނުމުގެ ފުރުސަތު ޖަލްސާގެ ރިޔާސަތުން ނުދިން ކަަމަށް ތުހުމަތުކުރައްވަމުންނެވެ. އެހެން ނަމަވެސް ކޮމިޓީއަށް ފަސް ނަމެއް ހުށަހަޅަން އެ ޖަލްސާގެ ރިޔާސަތުން، ޗެއާޕާސަން ފައްޔާޒް އިސްމާއީލް ދެއްވި އެވެ. އެހެން ނަމަވެސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން ހުށަހެޅުއްވީ ދެ ބޭފުޅެއްގެ ނަމެވެ. އެއަށް ފަހު އެދިވަަޑައިގެންނެވީ އަނެއް ދެ ނަން ރައީސް ސޯލިހަށް ތާއީދުކުރައްވާ ބޭފުޅުން ހުށަހަޅުއްވައި، ފަސް ވަނަ ނަމެއް ދެފަރާތް އެއްބަސް ވެގެން ނަގަން ވެސް އެ ބޭފުޅުން ހުށަހެޅުއްވި އެވެ. މިއަދުގެ މީޑިއާ ބްރީފިންގައި އެެ ކަންކަމާ ބެހޭ ގޮތުން ނޫސްވެރިން ރައީސާ ސުވާލުކުރާނެ ކަމަށް ބެލެވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ