މާލެ: 31°C
މިއަދު 10،213 ފަތުރުވެރިން، މިއީ ރެކޯޑެއް

މިއަދު 10،213 ފަތުރުވެރިން، މިއީ ރެކޯޑެއް

February 11, 2024
3 ފަހަރު ބަލާފައި
މިއަދު 10،213 ފަތުރުވެރިން، މިއީ ރެކޯޑެއް

ރާއްޖެއަށް މިއަދު ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 10،213 ފަތުރުވެރިންނާއެކު މިއަދަކީ ރާއްޖެއަށް އެއް ދުވަސްތެރޭ އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާނެ ދުވަސް ކަމަށެވެ. މި ކާމިޔާބީއަށްޓަކައި ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފަރާތްތަކަށް މިނިސްޓަރު އިބްރާހީމް ފައިސަލް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
[embed]https://twitter.com/ifaisalofficial/status/1756561978934632824[/embed]
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އެއް ދުވަސް ތެރޭ އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިމަހުގެ ތިން ވަނަ ދުވަހު އެވެ. އެ ދުވަހު 8،900 ފަތުރުވެރިން ޒިޔާރަތްކުރި އެވެ. ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އެވަރެޖްކޮށް ދުވާލަކު 6،398 ފަތުރުވެރިން ޒިޔާރަތްކުރެ އެވެ. ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ ވަނީ 13 ޕަސަންޓް އިތުރުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ