މާލެ: 31°C

މިއަދަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ހަމަޖައްސަވައިފި

March 2, 2025
252 ފަހަރު ބަލާފައި
މިއަދަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ހަމަޖައްސަވައިފި
މިއަދަކީ (2 މާރިޗް 2025) ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފި އެވެ.

މިއަދަކީ (2 މާރިޗް 2025) ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވާނީ، ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ހަމަޖައްސަވާފައިވަނީ މެދުނުކެނޑި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވެ، އާއްމު ބޭނުންތަކުގައި ޙަރަކާތްތެރިވެ އުޅެން ދަތިވުމާގުޅިގެން ވަރަށްގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކެއް ލިބިފައިވާތީ ކަމކަށެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ވަނީ މިރޭގެ 21:45 އިން ފެށިގެން ދަންވަރު 12:00 އާއި ހަމައަށް އަދި ދަންވަރު 3:00 އިން ހެނދުނު 7:00 އަށް ބ އަތޮޅުން ފެށިގެން ދ އަޮޅާއިދެމެދުގެ އަތޮޅުތަކަށް މޫސުމް ގޯސްވާނެކަމަށް ލަފާކޮށް އޮރެންޖު އެލާޓް ނެރެފައެވެ. މެޓް އޮފީހުން ނެރެފައިވާ އޮރެންޖް އެލާޓް އިންޒާރުގައި ވަނީ އެ ވަގުތަކުގެ ތެރޭގައި ބ އަތޮޅުން ފެށިގެން ދ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ލަފާކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ