މީގެ އިތުރުން ފައްޔާޒް ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް އެ ޕާޓީތައް ބޭނުންވާ ގޮތަކަށް ކުރިއަށް ދިއުމުގެ މަގު ކޮށިގެންގޮސްފައިވާ ކަމަށާއި، ނަޝީދުގެ ލީޑަޝިޕްގައި އެމްޑީޕީން ހޯދި ކާމިޔާބީތަކަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
https://twitter.com/faya_i/status/1671440705766432768 ރައީސް ނަޝީދު އެމްޑީޕީން މިއަދު ވަކިވެވަޑައިގެންފައި މިވަނީ އެމްޑީޕީން އިސްވެ އޮވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައި ވަނިކޮށެވެ.
މިއަދަކީ ހިތާމަވެރި ދުވަހެއް، ރައީސް ނަޝީދަށް ކާމިޔާބީއަށް އެދެން: ފައްޔާޒް
މިއަދަކީ ހިތާމަވެރި ދުވަހެއް، ރައީސް ނަޝީދަށް ކާމިޔާބީއަށް އެދެން: ފައްޔާޒް
ލިޔުން:
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު މިއަދު އެމްޑީޕީގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމުން، މިއަދަކީ ހިތާމަވެރި ދުވަހެއް ކަމަށާއި އެ މަނިކުފާނަށް ކާމިޔާބީއަށް އެދޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވީ ރައީސް ނަޝީދު އެމްޑީޕީގެ ރައީސް ކަމުގެ މަގަމުން އިސްތިއުފާ ދެއްވައި ޓްވިޓާގައި އާންމު ކުރި ސިޓީ އަކާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އަތުލިޔުމުން ލިޔުއްވާފައިވާ ސިޓީއެއް ރައީސް ނަޝީދު ޓްވީޓާގައި ވަނީ އާންމު ކޮށްފައެވެ. އެސިޓީގައި އެމަނިކުފާނު ވިދާޅުވީ، ގައުމުގައި މިވަގުތު ކަންކަން ހިނގަމުންދާ ގޮތުން އެމްޑީޕީގައި މިވަގުތު ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ޕާޓީ އިން ވަކިވިކަމަ ރައީސް ނަޝީދު ވަނީ އިހްތިރާމާ އެކު ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ފައްޔާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދަކީ ވަރަށް ހިތާމަ ވެރި ދުވަހެއް ކަމަށާއ،ި ނަމަވެސް އެމްޑީޕީ އާއި އޭނާގެ އަމިއްލަ ނަމުގައި ރައީސް ނަޝީދަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
