މާލެ: 31°C

މިވެރިކަމުގައި އަންހެން ކަނބަލުންނަށް އަސްކަރީ ހިދުމަތުގައި ކުރިއަށް ދިއުމަށް ގިނަ ދޮރުތަކެ ވަނީ ހުޅުވާދެވިފައި: މާރިޔާ

މިވެރިކަމުގައި އަންހެން ކަނބަލުންނަށް އަސްކަރީ ހިދުމަތުގައި ކުރިއަށް ދިއުމަށް ގިނަ ދޮރުތަކެ ވަނީ ހުޅުވާދެވިފައި: މާރިޔާ
June 21, 2023
3 ފަހަރު ބަލާފައި
މިވެރިކަމުގައި އަންހެން ކަނބަލުންނަށް އަސްކަރީ ހިދުމަތުގައި ކުރިއަށް ދިއުމަށް ގިނަ ދޮރުތަކެ ވަނީ ހުޅުވާދެވިފައި: މާރިޔާ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މިވެރިކަމުގައި އަންހެން ކަނބަލުންނަށް އަސްކަރީ ހިދުމަތުގައި ދެމިތިބެ ކުރިއަށް ދިއުމަށް ގިނަ ދޮރުތަކެ ވަނީ ހުޅުވާދެވިފައި ކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ. މާރިޔާ މިހެން ވިދާޅުވީ، ކަޅުތުއްކަލާކޮށީގައި ދިވެހި ސިފައިންގެ ހިދުމަތަށް 131 އަހަރު ފުރުމުގެ މުނާސަބާތާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި، ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި، މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީގެ ދެކަނބަލުންނާއި، ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް އަބުދުﷲ ޝަމާލްއާ، ސިފައިންގެ އިސްވެރިންނާއި އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން މާރިޔާ  ވިދާޅުިވީ، މިވެރިކަމުގައި ކަނބަލުންނަށް އަސްކަރީ ހިދުމަތުގައި ކުރިއަށް ދިއުމަށް ގިނަ ދޮރުތަކެއް ހުޅުވެމުންދާކަން ފަހުރުވެރިކަމާއެކު ފާހަގަކުރައްވާ ކަމަށާއި، މިއަދު އަންހެން ސިފައިންނަށް ވަނީ، 130 އަހަރުވީ މިސިފައިންގޭގެ މެދުއޮޅި ގިރާކޮށް ފުރިހަމަ އިސްކޮޅަށް ދެމިލާނެ ފުރުސަތު ހޯދާދެވިފައިވާ ކަމަށެވެ. އެގޮތުން މާރިޔާ ވިދާޅުވީ، 2014 ން 2018 އަށް ސިފައިންގެ ލަޝްކަރަށް ކޮމިޝަންކުރެވުނީ އެންމެ އަންހެން އޮފިސަރެއް ކަމަށާއި، ނަމަވެސް، 2018 ނޮވެމްބަރުން ފެށިގެން މިއަދާ ހަމައަށް 17 އަންހެން އޮފިސަރުން އެމްއެންޑީއެފަށް ކޮމިޝަންކުރެވިފައިވާކަން ފަހުރުވެރިކަމާއެކީ ފާހަގަކުރާ ކަމަށެވެ. މާރިޔާ ވިދާޅުވީ، ޤައުމީ ދިފާއީ ބާރުގެ މަޝްވަރާގެ އެންމެ މަތީ ޕްލެޓްފޯމް ކަމުގައިވާ ސިފައިންގެ ލަފާދޭ މަޖިލީހާއި، ސިފައިންގެ ހުރިހާ ބޯޑެއްގައި އަދި ހުރިހާ ކޮމިޓީއެއްގައި އަންހެން ރިޕްރެޒެންޓޭޝަން އޮންނަގޮތަށް ހަމަޖައްސާ ދެވިއްޖެ ކަމަށެވެ. ރައީސް ސޯލިހުގެ މިވެރިކަމުގައި އަންހެން ކަނބަލުންނަށް އަސްކަރީ ހިދުމަތުގައި ދެމިތިބެ ކުރިއަށް ދިއުމަށް ގިނަ ދޮރުތަކެއް ހުޅުވެމުންދާކަން ފަހުރުވެރިކަމާއެކު މާރިޔާ ފާހަގަކުރެއްވިއެވެ. މާރިޔާ  ވިދާޅުިވީ، ގައުމީ ދިފާއީ ބާރަށް ބޭނުންވާ އުމުރާނީ ތަރައްގީ ގެނައުމަށާއި، އެކިބާވަތުގެ ގާބިލްކަން އިތުރު ކުރުމަށާއި، ބޭނުންވާ ހަތިޔާރާއި އެހެނިހެން އާލާތް ހޯދުމުގައި، ރަޙުމަތްތެރި ގައުމުތަކުން ގިނަ އެހީތަކެއް ލިބިފައިވާ ކަމަށެވެ. ސަލާމަތީ މަޝްރަހަށް އަންނަ ބަދަލުތަކާ، ސިފައިންނާ ހަވާލުކުރެވޭ ޒިންމާތައް އިތުރުވާ މިންވަރަށް ބަލާ، މާރިޔާ ވިދާޅުވީ، ގައުމީ ދިފާއީ ބާރުގެ ލަޝްކަރު މިއަހަރުގެ މިހާތަނަށް ވަނީ 15 އިން ސައްތަ އިތުރުކުރެވިފައިވާ ކަމަށެވެ. މާރިޔާ ވިދާޅުވީ، ރައީސް ސޯލިހު ސަރުކާރާ ހަވާލުވެވަޑައިގެންނެވި ފަހުން، އެކި ރޭންކުތަކުން 990 އަށް ވުރެ ގިނަ ސިފައިން ރާއްޖެއިން ބޭރުން ތަމްރީނު ކުރެވިއްޖެ ކަމަށެވެ.  އެގޮތުން މާރިޔާ ވިދާޅުވީ، ރައްޔިތުން މިއަދު ތަޖުރިބާކުރަމުން ދަނީ ހިކުމަތްތެރި ވެރިކަމަކުން ގެނުވި ހަމަޖެހުމެއްގެ އުފާ ކަމަށާއި، އެއީ ގައުމީ ސަލާމަތުގެ ހުރިހާ އުންސުރަކަށް ފުންކޮށް ވިސްނަވާ، ރައީސް ތަންފީޒު ކުރައްވަމުން ގެންދަވާ ހަރުދަނާ ސިޔާސަތު ތަކުގެ ނަތީޖާ ކަމަށެވެ. މީގެ އިތުރުން މާރިޔާ ވިދާޅުވީ، އިންތިހާބުގެ އަހަރަކީ އަބަދުވެސް ސިޔާސީ ގޮންޖެހުންތަކާ ކުރިމަތިލާންޖެހި، ސިފައިންވެސް ސިޔާސީ ކަންކަމުގެ ތެރެއަށް ވައްދަން ސިޔާސީ މީހުން މަސައްކަތްކުރާ ދުވަސްވަރެއް ކަމަށެވެ. "އެހެންނަމަވެސް، ސިފައިންނަކީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން ގާނޫނުން މަނާ ކުރެވިފައިވާ ބައެއްކަން ހަނދާންކޮށް ދިނުމާއެކު، އެއްވެސް ސިފައިންގެ މީހަކު ސިޔާސީ އޮއިވަރުގައި ޖެހި، ސިޔާސީ ކަންކަމުގައި ބައިވެރި ނުވުމަށް ތިޔަ ހުރިހާ ސިފައިންނަށް އަޅުގަނޑު ނަސޭހަތްތެރިވަން" މާރިޔާ ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ