"މިހައިތަނަށް މި ސަރުކާރުން 422 މިލިޔަން ރުފިޔާ ވަނީ މަސްވެރިންނަށް ޕޭކޮށްފައި. އެއީ މަސްވެރިނަށް ކްރެޑިޓަށް ދޫކުރެވިފައި ހުރި ތެލާ އައިސް ހިމެނޭ ގޮތަށް 422 މިލިޔަން ރުފިޔާ މަސްވެރިންނަށް މިސަރުކާރުން ދޫކުރެވިފައި އެބަ ވޭ. އަދި މިސަރުކާރުން އަޅުގަނޑުމެން މިއަދު ގުނާ އިރުގައި 270 މިލިޔަން ރުފިޔާ މިއަދާ ހިސާބަށް މަސްވެރިންނަށް ނުދެވި އޮތްކަން އަޅުގަނޑުމެން ފާހަގަކުރަން،" ޝިޔާމް ވިދާޅުވި އެވެ.މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް 270 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދެވި އެބަ އޮތް ކަމަށެވެ. "އެނގިވަޑައިގަންނަވާނެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑާއިގެންނެވިއިރުވެސް 250 މިލިއަނެއްހާ ރުފިޔާ އެމަނިކުފާނަށް ވާރުވެފަވެފަ އޮތީ،" ޝިޔާމް ވިދާޅުވި އެވެ. ޝިޔާމް ވިދާޅުވީ އެ އުނދަގުލުން އަރައިނުގަނެވޭ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް އެ އުނދަގުލުން އަރައިގަނެވޭނެ ކަމަށެވެ. މާ ލަސްތަކެއް ނުވެ އެ އުދަނގުލުން އަރައިގަނެވޭނެ ކަމަށާއި މަސްވެރިންނަށް ދޭން އޮތް ފައިސާގެ ބެކްލޮގް ފިލުވައިލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި 48 ގަޑިއިރުގެ ތެރޭގައި މަސްވެރިން ކިރާ މަހަށް ފައިސާ ދޭން ވެފައިވާ ވައުދު ވެސް ފުއްދަވައިދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިސަރުކާރުން މަސްވެރިންނަށް 422 މިލިއަން ދީފި: މިނިސްޓަރު
މިސަރުކާރުން މަސްވެރިންނަށް 422 މިލިއަން ދީފި: މިނިސްޓަރު
ލިޔުން:
މި ސަރުކާރުގައި މަސްވެރިންނަށް ޖުމްލަ 422 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ ކްރެޑިޓަށް ދޫކުރި ތެލާއި ގަނޑުފެނަށް މަސްވެރިން ދައްކަން ޖެހޭ ފައިސާ ހިމަނައިގެން، މިފްކޯއިން މަސްވެެރިންނަށް ދޫކުރި ޖުމްލަ ފައިސާ 422 މިލިޔަން ރުފިޔާ އަށް އަރާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
