
މި ސަރުކާރުގެ ހައުސިން މަޝްރޫއުތައް ޖުލައިގެ ފަހުން ފަށާނަން: ރައީސް
މި ސަރުކާރުގެ ހައުސިން މަޝްރޫއުތައް ޖުލައިގެ ފަހުން ފަށާނަން: ރައީސް
ލިޔުން:
މި ސަރުކާރުގެ ހައުސިން މަޝްރޫއުތައް އަންނަ ޖުލައި މަހުގެ ފަހުން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ. ކެނދިކުޅޫގައި ރައްޔިތުންނާ ބައްދަލުކުރައްވާ މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން، ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީ އަށް އެންމެ މުހިންމު އެއް ކަމަކީ ގެދޮރުވެރިކަން ކަމަށާއި ގެދޮރުވެރިކަމާ ގުޅޭ އެކި ފަހި ފުރުސަތުތައް ހުޅުވާލުމަށްޓަކާ ކުރަންޖެހޭ ބައިވަރު އިގުތިސާދީ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.
"މި ރަށަށް ވެސް ހައުސިން ޔުނިޓް ފުރުސަތުތަކާއި އެކި ކަހަލަ ލުއި ލޯނުތައް ލިބޭނެ ފުރުސަތުތައް ފަހިވެގެންދާނެ. އަޅުގަނޑަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް މި އަހަރު ތެރޭގައި، ފަހު ކުއާޓާއަށް ދާއިރުގައި، ޖުލައި އޮގަސްޓްގެ ހިސާބުން ފެށިގެން ފަހަތަށް ދާއިރުގައި އަޅުގަނޑުމެންނަށް މުޅި ރާއްޖެ އަށް މި ފުރުސަތުތައް ހުޅުވާލެވޭ ހިސާބަށް ގެންދެވޭނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކެނދިކުޅުދޫގެ ގުދުރަތީ ވެށި އޮތްގޮތުން، އެ ރަށަށް އިގްތިސާދީ މަންފާ ވެއްދުމަށް ރަށުގެ ތިމާވެށީގެ ބޭނުން ވަރަށް ބޮޑަށް ހިފޭނެ ކަމަށެވެ. މީގެ ސަބަބުން ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ ގިނަ ފުރުސަތުތަކެއް ރަށުގެ ރައްޔިތުންނަށް ފަހިވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ރާއްޖޭގެ އެހެން ރަށްތަކާ އަޅާބަލާއިރު ގުދުރަތީ ވެށި ރީތި އަދި ތަފާތު ރަށެއްކަމަށްވާއިރު، އީކޯ ޓޫރިޒަމްގެ ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ވެސް ވަރަށް ބޮޑު ރަށެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބުގެ ތާރީހަށް އަލިވަޅުވާލައްވާ އެމަނިކުފާނު ވިދާޅުވީ ރޯދަ މަހުގެ ތެރޭގައި އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަކީ ރައްޔިތުންނަށް އުނދަގޫ ކަމަކަށްވާނެ ކަމަށެވެ. ނަމަވެސް މިހާރު އޮތް މަޖިލިހުން ރޯދައިގެ ކުރިން އިންތިހާބު ބާއްވަން އެއްގޮތަކަށް ވެސް އެއްބަސް ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އިލެކްޝަންސް ކޮމިޝަނަށް ނުރަސްމީކޮށް އެދުނީމާ ދެންނެވިން އަޅުގަނޑު އެދެމޭ ތިޔަ ބޭފުޅުންނަށް ވާން އޮތިއްޔާ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ނުވަންޏާ ރޯދައިގެ ކުރިން އިންތިހާބު ބާއްވާށޭ. އެއް ދުވަސް ކުރިން ވިޔަސް ބާއްވާށޭ. ދެން އެ ބޭފުޅުން އެދުނީ މަޖިލީހުގައި." އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރޯދަ މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް އެމަނިކުފާނު ބޭނުން ނުވާ ކަމަށެވެ. ރޯދަ މަހަކީ އަޅުކަމުގެ މައްސަރު ކަމަށްވީމަ، ކެމްޕެއިންގައި ވައުދުވެވަޑައިގެންނެވި ގޮތަށް ރޯދަ މަހުގެ ފަހު 10 ދުވަހަކީ ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
