މިސާލަކަށް މާލެއަކީ 200 ހެކްޓަރު. އޭގެ ތެރެއިން 80 ހެކްޓަރު، މިސާލަކަށް ޗާންދަނީމަގު އެއްކޮޅުން އަނެއްކޮޅަށް ބަލައި މާފަންނުކޮޅު އެކީ ދިނުން މިއީ. ދީފަ ރާޖޫކައިރި މި ބުނަނީ މިތަން ހިއްކަދޭށޭ. މިއަދު އެނގިއްޖެ އެއީވެސް ހެދި އޮޅުވާލުމެއްކަނ. ރާޖޫ އެތަނަށް ފަސްމުށެއް އެޅި. މިހާރު ގިރަމުން އެދަނީ. އެއްވެސް ޕްލޭނެއް ނެތީމަ ދެއްތޯ އެހެން ވާނީ. މިއަދު އަޅުގަނޑުމެނަށް އެނގެނީ އެތަން ހިއްކާނެ ފަސްވެސް މިތަނުގައި ނެތްކަންރައީސް ސޯލިހު ވިދާޅުވިއެވެ. ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިސް މިވީ ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށްގޮސް ބޮޑެތި މަޝްރޫއުތައް ހިންގާނޭކަމަށް ބުނެ، ރައްޔިތުންނަށް އޮޅުވާލަމުންދާކަމަށެވެ. މިގޮތުން ރަސްމާލެ މަޝްރޫޢު އާ، ވިލިގިއްޔާ، ތިނަދޫ ފަދަ ރަށްރަށަށް ވަޑައިގެން މި ސަރުކާރުން ދައްކަވާފައިވަނީ އެއްވެސް އަސްލެއްނެތް ތަރައްޤީގެ ވާހަކަތަކެއްކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވަނީ ކުރިއަށްއޮތް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ މި ސަރުކާރަށް ލިބިއްޖެނަމަ، މާލޭގެ ރައްޔިތުންނަށް އެމަނިކުފާނުގެ ވެރިކަމުގައި ދޭން ނިންމި ފްލެޓާއި ގޯތިތަކުގެ ލިސްޓް އޮޅާލާނޭކަމަށް ވިދާޅުވެފައެވެ. އެކަމަކީ މި ސަރުކާރުން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ކުރަން ނިންމާފައިވާ ކަމެއްކަން ފާހަގަކޮށް ސޯލިހު ވިދާޅުވީ މި ސަރުކާރުގެ ވިސްނުމަކީ ސަރުކާރުން ބޭނުންވާ ބަޔަކަށް އެތަންތަން ބަހާލުން ކަމަށެވެ. ރައީސް ސޯލިހު ދައްކަވަމުންގެންދަވާ ވާހަކަފުޅުތަކާ ގުޅިގެން ރޭ ބޭއްވި ޖަލްސާއެއްގައި ރައީސް ޑރ،މުއިއްޒުވެސް ވަނީ ކުރީގެ ރައީސް ސޯލިހާ ދިމާލަށް ގަޅިގަނޑެއް އެއްލަވާފައެވެ. ރައީސް ޑރ.މުއިއްޒު ވިދާޅުވީ ރައީސްކަން ކޮށްފައި ހުންނެވުމަކީ ހިތްޕުޅަށް އަރައިހާ މޭރުމަކުން އިތުރުފުޅު ހެއްދެވުމަށް ލިބިވަޑައިގަންނަވާ ލައިސަންސެއް ނޫންކަމަށެވެ.

މި ސަރުކާރުގެ ރޭވުންތެރިކަމެއް އޮތްނަމަ ފުށިދިއްގަރުފަޅު ހިއްކުން ނުހުއްޓޭނެ: ސޯލިހް
މި ސަރުކާރުގެ ރޭވުންތެރިކަމެއް އޮތްނަމަ ފުށިދިއްގަރުފަޅު ހިއްކުން ނުހުއްޓޭނެ: ސޯލިހް
ލިޔުން:
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި އެއްވެސް ކަހަލަ ރޭވުންތެރިކަމެއް ހުރިނަމަ، ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ނުހުއްޓޭނޭކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ފުށިދިއްގަރުފަޅު ހިއްކައި އެތަނުގައި ޒަމާނީ ވަސީލަތްތަކާއެކު އެތަނުގައި މީހުން އާބާދުކުރުމަކީ ރައީސް ޑރ.މުއިއްޒު ސަރުކާރުގެ އެންމެ އުއްމީދީ އެއް މަޝްރޫޢުއެވެ.
އެމްޑީޕީން ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުގެ ޕްލޭންތައް ހުރީ ރައްޔިތުންނަށް އޮޅޫވާލުމުގެ ބީދައިން ކަމަށެވެ. ގްރޭޓާ މާލެ ސަރަހައްދު ހިއްކުމުގެ ކަންކަމުގައި މި ސަރުކާރުގެ ރޭވުންތައް ހުރީ ވަރަށް ފީކަޅާކޮށްކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވަނީ ފުށިދިއްގަރުފަޅު ހިއްކުމަށް މާލެ ސަރަހައްދުން ބޮޑު ބިމެއް އެ ބިންހިއްކާ ކުންފުންޏަށް ދޭން ނިންމުމުން އެކަމަށްވެސް ފާޑުވިދާޅުވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
