މާލެ: 31°C

މިސަރުކާރުގެ ހުރިހާތަނެއްގައި އޮތީ ކޮރަޕްޝަން، އެކަން ކުރަނީ ރައީސް ޑރ.މުއިއްޒު އަށް އެނގިގެން: ރައީސް ޔާމިން

January 24, 2025
240 ފަހަރު ބަލާފައި
މިސަރުކާރުގެ ހުރިހާތަނެއްގައި އޮތީ ކޮރަޕްޝަން، އެކަން ކުރަނީ ރައީސް ޑރ.މުއިއްޒު އަށް އެނގިގެން: ރައީސް ޔާމިން
މިސަރުކާރުގެ ހުރިހާތަނެއްގައި އޮތީ ކޮރަޕްޝަން ކަމަށާއި، އެކަން ކުރަނީ ރައީސް ޑރ. މުއިއްޒް އަށް އެނގިގެން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

މިސަރުކާރުގެ ހުރިހާތަނެއްގައި އޮތީ ކޮރަޕްޝަން ކަމަށާއި، އެކަން ކުރަނީ ރައީސް ޑރ. މުއިއްޒް އަށް އެނގިގެން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ޕީއެންއެފް އިން ރޭ ބޭއްވި އެޕާޓީގެ ފްރޮންޓް އޮފީސް ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުގެ ހުރިހާ ތަނެއްގައި އޮތީ ކޮރަޕްޝަން ކަމަށާއި އެކަން ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެނގިގެން ކަމަށާއި، އަދި ރައީސް ޑރ. މުއިއްޒު އެކަމާ ދެކޮޅު ނަމަ ކޮރަޕްޝަން ހިންގާ މީހުންނާ ދެކޮޅަށް މިހާރު ހުންނާނީ ފިޔަވަޅު އަޅުއްވާފައި ކަމަށެވެ.

ރައީސް ޔާމިން އިތުރަށް ވިދާޅުވީ މިހާ ހިސާބަށް ކޮރަޕްޝަންގެ ކަންކަން ދިޔައީ ރައީސް ޑރ. މުއިއްޒު އެކަމަށް ހިތްވަރު ދެއްވާތީ ކަމަށާއި، ރައްޔިތުން ހަޅޭތް ލަވައިގަތުމުން ކޮރަޕްޝަންގެ އަމަލުތައް ހިންގި ބައެއް ފަރާތްތައް މަގާމުތަކުން އަމިއްލައަށް އިސްތިއުފާދީ ދުރަށް ދިޔަ ނަމަވެސް އޭގެތެރެއިން އެއްވެސް މީހަކަށް ސަރުކާރުން ފިޔަވަޅު ނާޅާ ކަމަށާއި އެފަދަ ފަރާތްތަކުގެ މައްޗަށް ތަހުގީގެއް ވެސް ހިންގަން ސަރުކާރުން ބޭނުން ނުވަނީ އެކަމުގެ ތެރޭގައި ރައީސް ޑރ. މުއިއްޒުގެ ނަންފުޅު އަންނާނެތީ ކަމަށެވެ.

އެގޮތުން މި ސަރުކާރުގައި މިހާރު ތިބީ ފާޅުކަން ބޮޑު ގޮތެއްގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާ ބޭފުޅުން ކަމަށްވާތީ، ޕީއެންސީ ފަހުރުވެރިވާންވީ އެއްމެ މެމްބަރުން ގިނަ ޕާޓީގެ ކަމަށްވާތީ ނޫން ކަމަށާއި، ފަހުރުވެރިވާންވީ އެއްމެ ވަގުން ގިން ޕާޓީ ކަމަށް ވާތީ ކަމަށާއި، ނޫސްތަކުގައި ލިޔަންވީ އެންމެ ވަގުންގިނަ އެއްމެ ކޮރަޕްޓް މީހުންގިނަ ޕާޓީގެ ގޮތުގައި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އެހެންވީމަ އެންމެ ގިނަ މެމްބަރުން ތިބި ޕާޓީގެ ލަގަބެއް ނޫން ލިބެންވީ. ފަހުރުވެރިވާންވީ އެންމެ ވަގުން ގިނަ ޕާޓީއަކީ މި ޕާޓީކަމަށް ބަލައިގެން، އެއަށް ފަހުރުވެރިވާންވީ. ނޫހުގެ ހެޑްލައިންތައް މިއަދު ކެޕްޗާ ކުރަންވީ އެންމެ ވަގުން ގިނަ، އެންމެ ކޮރަޕްޓް މީހުން ގިނަ، މުޅި ސަރުކާރު ދޮވެލައިފައި ނުކުމެ ތިބި ބައެއް މިހާރު މިތިބީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ