މިސަރުކާރު ގެނައުމަށް ބުރަމަސައްކަތްތައް ކުރެއްވި ބޭފުޅުންގެ ތެރޭގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި ހަސަން މުޣުނީގެ ނަން ހިމެނެނީ ވައިކުޑައިގެ ލިސްޓްގައެއް ނޫން ކަމަށް ގާސިމް އިބްރާހީމްގެ ކެމްޕެއިން މެނޭޖާރ އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
އިލްހާމް މިހެން ވިދާޅުވީ، އެންވަޔަރަންމަންޓް ގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުން މުޢުނީ ވަކި ކުރުމާ އެކު ކުރެއްވި ޓްވީޓްއެއްގައެވެ.
ޓްވީޓުގައި އިލްހާމް ވިދާޅުވީ، މުޢުނީ ސްޓެލްކޯ އާއި ހަވާލުވި ހިސާބުން އެ ކުންފުންޏަށް ބޮޑެތި ބަދަލްތައް ގެނެސްފައިވާ ކަމަށެެވެ. އަދި މުޢުނީ އަކީ ތަނަށް ކުރިއެރުންތައް ހޯއްދަވާ ދެއްވާފައިވާ ޤާބިލް، ކެރޭ، މުރާލި ބޭފުޅެއް ކަމަށް ވެސް އިލްހާމް ވަނީ ވިދާޅުވެފައެވެ.
"ހެޔޮފުޅުކަމުން ސަރުކާރުން ދެއްވި މަޤާމެއް މުޢުނީ އަދާނުކުރައްވާ. އެހެން ނޫންތޯ" ޓްވީޓުގައި އިލްހާމް ވިދާޅުވިއެވެ.
https://twitter.com/ilhammaldives/status/1658758612062445568?s=48&t=wkpxx_YwLa1rMGeWc3rDQQ
މުޣުނީ މަގާމުން ވަކިކުރީ ރައީސް ސޯލިހަށް ވަގު ތުހުމަތުކުރައްވާ ކުރެއްވި ޓްވީޓަކާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅެއްގެ ގޮތުންނެވެ.
މުޣުނީގެ ކުރެއްވި ޓްވީޓްގައި ވަނީ "ހިންނަވަރު ވަގު އިބްރާހީމް ލީޑްކުރަނީ ކުންފުންޏެއް ހިންގުމުގެ އެއްވެސް ގާބިލްކަމެއް ނެތް ކޮރަޕްޓް ވަގު މީހުންގެ ޓީމަކާއެކީ" ކަމަށެވެ. އަދި އެ ޓްވީޓުގައި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިންނަށް ފާޑު ވިދާޅުވެފައިވެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު 'މިނިވަން' އަށް ވިދާޅުވީ، މުޣުނީ މަގާމުން ވަކިކުރީ މިއަދުކަމުގައެވެ.