
މި ރޯދަމަހު ވެސް ސަރުކާރު އޮފީސްތައް ހުޅުވާނީ ހަތަރު ގަޑިއިރަށް
މި ރޯދަމަހު ވެސް ސަރުކާރު އޮފީސްތައް ހުޅުވާނީ ހަތަރު ގަޑިއިރަށް
ލިޔުން:
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ އަހަރު ކަނޑައަޅުއްވާފައިވާ ގޮތަށް، މިއަހަރު ވެސް ސަރުކާރުގެ އޮފީސްތައް ހުޅުވާނީ ހަތަރު ގަޑިއިރަށް ކަން ރައީސް އޮފީހުން ހަނދާންކޮށްދީފި އެވެ.
ރައީސް އޮފީހުން މިދިޔަ އަހަރު ކުރި އިއުލާނެއްގައިވާ ގޮތުން 1443 ވަނަ އަހަރުން ފެށިގެން ( މިދިޔަ އަހަރުން ފެށިގެން) ކޮންމެ އަހަރެއްގެ ވެސް ރޯދަމަހާއި ހަ ރޯދައިގެ ދުވަސްތަކުގައި (ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު) ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އަށެވެ.
އެކަން ހަނދާންކޮށްދިނުމުގެ ގޮތުން ރައީސް އޮފީހުން މިއަދު ވަނީ މިދިޔަ އަހަރުގެ އިއުލާނު ސޯޝަލް މީޑިއާގައި އަލުން އާއްމުކޮށްފަ އެވެ. ދައުލަތުގެ އިދާރާތަކުގެ މަސައްކަތުގެ ގަޑި އެގޮތަށް ބަދަލުކޮށްފައި ވާއިރު، ރާއްޖޭގައި ވަޒީފާދޭ އަމިއްލަ ފަރާތްތަކުން ވެސް ރޯދަމަހު މުވައްޒަފުންނަށް ލުއިތަކެއް ދެ އެވެ.
މިއަހަރުގެ ރޯދަމަސް ފެށޭނެ ކަމަށް ބެލެވެނީ މި މާޗްމަހުގެ 23 ވަނަ ދުވަހު އެވެ. ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ކަލަންޑަރުގައި އޮތީ އެދުވަސް ކަަމަށް ވިޔަސް، މާޗް 21 އަކީ ރޯދައަށް ހަނދު ބަލާ ދުވަސް ކަމަށް ވާތީ، ހަނދު ފެނިއްޖެ ނަމަ 22 ވަނަ ދުވަސް ރޯދައަށް ވެދާނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
