
މިރޯދަ މަހު ފުރަތަމަ ފަނަރައިގައި އެންމެ ގިނައީ އެކްސިޑެންޓްގެ މައްސަލަ : ފުލުހުން
މިރޯދަ މަހު ފުރަތަމަ ފަނަރައިގައި އެންމެ ގިނައީ އެކްސިޑެންޓްގެ މައްސަލަ : ފުލުހުން
ލިޔުން:
މި ރޯދަމަހުގެ ފުރަތަމަ 15 ނިމުނުއިރު ފުލުހުންގެ އިދާރާއަށް ހުށަހަޅައިފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓް ގޮތުގައި ރިޕޯޓްކޮށްފައިވާ މައްސަލަތައްކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން "މިނިވަން" އާ ހިއްސާ ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ރޯދަމަހުގެ ފުރަތަމަ ފަނަރާގައި މާލޭ ސަރަހައްދުން އެކަނި 151 އެކްސިޑެންޓް ރިޕޯޓް ކޮށްފައިވާއިރު ޖުމްލަ 175 އެކްސިޑެންޓް ހުށަހާޅާފައިވެއެވެ.
މާލޭގެ އިތުރުން ދެން ޓްރެފިކް އެކްސިޑެންޑްގެ މައްސަލަ އެންމެގިނައީ އައްޑޫ ސިޓީގައެވެ. ފަަނަރަ ދުވަސް ތެރޭގައި އައްޑޫ ސިޓީއިން 9 އެކްސިޑެންޓް ރިޕޯޓްކޮށްފައިވެއެވެ.
މި ރޯދަމަސް ފެށުނު ފަހުން ސިނަމާލެ ބްރިޖު މަތިންނައި ހައިވޭގައި އެކްސިޑެންޓްތައް ހިނގުން ވަނީ އާންމުވެފަ އެވެ. އެގޮތުން ދެ ސައިކަލު ޖެހި ތިން މީހަކަށް ސީރިއަސް އަނިޔާ ވި އެކްސިޑެންޓަކާއި ، ބަހަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓް ގެ އިތުރުން ފޭސް ދޭއްގައި ވެސް މި މަހު ސީރިއަސް އެކްސިޑެންޓްތަކެއް ހިނގާފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
