
މި ރަމަޟާން މަހު ދުވާލު ކެއުމުގެ 4 މައްސަލައެއް ފުލުހުންނަށް ހުށަހެޅި
މި ރަމަޟާން މަހު ދުވާލު ކެއުމުގެ 4 މައްސަލައެއް ފުލުހުންނަށް ހުށަހެޅި
ލިޔުން:
މިރަމަޟާން މަހުގެ ފުރަތަމަ ފަނަރަދުވަސް ތެރޭގައި ދުވާލު ކެއުމުގެ ހަތަރު މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ރަމަޟާން މަހު ދުވާލު، ކެއުމުގެ ގިނަ ޝަކުވާތަކެއް ފެންމަތިވެފައިވާ އިރު ، ބައެއް މީޑިއާ ތަކުން ވެސް ވަނީ އެފަދަ މައްސަލަތައް ރިޕޯޓްކޮށްފައެވެ.
އެގޮތުން އިއްޔެ މީޑިއާއަކުން ބެލި ބެލުމުން ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ، ކާ މަންޒަރު ފެނިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ހުޅުމާލޭ އިރުމަތީ ފަރާތު ގިނައަދަދެއްގެ ގެސްޓު ހައުސްތައް ހުންނަ އިރު ބެލެވޭ ގޮތުގައި ރޯދަމަހު ދުވާލުގަޑީގައި އެބީޗްގައި ގިނައިން ކަނީ ފަތުރުވެރިންނާއި ރާއްޖެއިން ބޭރު މީހުންނެވެ.
ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައިވާ ގޮތުން ގަބޫލުކުރެވޭ ފަދަ ދީނީ އަދި ސިއްހީ ސަބަބެއް ނެތި ރޯދަ ދޫކޮށްލިކަން ކޯޓަށް ސާބިތުވެއްޖެނަމަ، ނުވަ ދުވަހާއި ތިން މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
