
ޤައުމު ތަރައްޤީވާން އަދި މި ފަށަނީ: ރައީސް ޑރ.މުއިއްޒު
ޤައުމު ތަރައްޤީވާން އަދި މި ފަށަނީ: ރައީސް ޑރ.މުއިއްޒު
ލިޔުން:
ދެން ފެނިގެންދާނީ ބާރު ސްޕީޑުގައި ޤައުމު ތަރައްޤީވަމުންދާތަން ކަމަށާއި، މިއީ އަދި ތަރައްޤީގެ ފެށުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ރައްޔިތުންނަށް ދެން ފެނިގެންދާނީ އަމަލީގޮތުން މި ޤައުމުގެ ތަރައްޤީވަމުންދާތަން ކަމަށާއި، ރައްޔިތުން އެ ފުރުސަތު މިއަދު ދީފިކަމަށެވެ.
ރައީސް ވިދާޅުވީ، ވޭތުވެދިޔަ ފަސްމަހުގެ ތެރޭގައި ކުރެވުނު މަސައްކަތަށްވުރެ، ކުރިއަށް އޮތްތަނުގައި ކުރެވިގެންދާ ތަރައްޤީގެ މަސައްކަތްތަކުގެ ސްޕީޑް މަތިވެގެންދާނޭ ކަމަށާއި، މިއީ ރާއްޖޭގެ ތަރައްޤީގެ މުޅިން އައު ބާބެއްގެ ފެށުންކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
" ދެން އޮތީ މަސައްކަތްކުރުން. މަސައްކަތުގެ ދުވެލި އަވަސްކުރުން. މި ވޭތުވެގެން މިދިޔަ ފަސް މަސްދުވަހުގެ ތެރޭގައި ވަރަށް ދަތި އުނދަގުލުގެ ތެރޭގައި ނަމަވެސް އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް ކަންކަމުގެ ނަތީޖާ ނެރެވުނު. ދެން އޮތީ ރައްޔިތުން ތިޔަދެއްވި އިތުބާރާ ތިދެއްވި ތާއީދުގެ މައްޗަށް މި ފަސްމަހުގެ ތެރޭގައި ކުރެވުނު މަސައްކަތަށްވުރެ އެތައް ގުނައަކުން މައްޗަށް ސްޕީޑް އަވަސްކޮށް ރައްޔިތުން އެދޭ ތަރައްޤީގެ މަސައްކަތް ފެށުން،" ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.
ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ދެން ތިބެންޖެހޭނީ 24 ހަޑިއިރު ހޭލައިގެންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދެން ފެނިގެންދާނީ ރައްޔިތުންނަށް ދަތިވެފައިވާ ގެދޮރުގެ ދަތިކަން ފަދަ މައްސަލަތަކަށް ދާއިމީ ހައްލު ލިބިގެންދާތަން ކަމަށެވެ.
މިރޭގެ ޖަލްސާގައި ވަނީ ކުރިއަށް އޮތް ދައުރު ސަރުކާރު ހިންގާ ޕާޓީގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ތަމްސީލްކުރާނޭ ކެނޑިޑޭޓުން ތައާރަފްކޮށްދީފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
