މާލެ: 31°C
މި މަހުގެ 31 ގައި މާލެ ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލު ކުރަނީ

މި މަހުގެ 31 ގައި މާލެ ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލު ކުރަނީ

July 13, 2023
2 ފަހަރު ބަލާފައި
މި މަހުގެ 31 ގައި މާލެ ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލު ކުރަނީ

މި މަހުގެ 31 ވަނަ ދުވަހު މާލެ ސިޓީ ކައުންސިލުން އަނެއްކާ ވެސް ރައްޔިތުންނާ ބައްދަލު ކުރަން ނިންމައިފި އެވެ.

މި ނިންމުން ނިންމާފައިވަނީ ސިޓީ ކައުންސިލްގެ 110 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

ގާނޫނުގައި ބަޔާންކުރާ އަހަރަކު ބާއްވަންޖެހޭ ދެ ބައްދަލުވުމުގެ ތެރެއިން ދެވަނަ ބައްދަލުވުން ބާއްވާނެ ތާރީހު ކަނޑައެޅުމާއި ގުޅޭގޮތުން ސިޓީ ކައުންސިލްގެ 110 ވަނަ ރަސްމީ އާއްމު ޖަލްސާގައި ވަނީ މަޝްވަރާކުރެވިފައެވެ. އަދި މި ތާރީހުގައި ޖަލްސާ ބޭއްވުމަށް މިއަދުގެ ޖަލްސާގައި ބައިވެރިވި ކައުންސިލަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

ގާނޫނީ އިޖްރާއަތްތައް ފުރިހަމަ ކުރުމުގެ ގޮތުން ބައްދަލުވުން ބޭއްވުމަށް ނިންމެވި ކަމުގައިވިޔަސް ކައުންސިލް ގެ މަގްސަދަކީ ރައްޔިތުންނާއި ކައުންސިލާއި އޮންނަ ގުޅުން ބަދަހި ކުރުމާއި އެކު، މުޅި ސިޓީ ތަމްސީލްވާނެހެން މާލޭގެ ކޮންމެ އަވަށަކަށް ނިސްބަތްވާ ރައްޔިތުންނާއި އެކު މި ބައްދަލުވުން ކުރިއަށް ގެންދިއުމެވެ.

މާލެސިޓީ ކައުންސިލްގެ 110 ވަނަ ރަސްމީ އާއްމު ޖަލްސާގެ ތެރެއިން.

މިފަހަރުގެ ރައްޔިތުންގެ ބައްދަލުވުންވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މީގެ ކުރީގެ ބައްދަލުވުންތަކެކޭ އެއްގޮތަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދާ ރައްޔިތުން ބޭނުންވާ ކަންކަން ޑރ. މުއިއްޒު އަދި ކައުންސިލަރުންނާއި ހިއްސާ ކުރުމުގެ ފުރުސަތު ހުޅުވާލައިގެންނެވެ.

ލާމަރުކަޒީ ގާނޫނާއި އެއްގޮތްވާ ގޮތުގެމަތީން މީގެ ކުރިންވެސް ރައްޔިތުންގެ ބައްދަލުވުންތައް ސިޓީ ކައުންސިލުން ބާއްވާފައިވާއިރު، އެ ބައްދަލުވުންތައް ވަރަށް ކާމިޔާބު ކަމާއިއެކު ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ