މާލެ: 31°C

މި ހަފްތާ ބަންދުގައި ރައީސް ފ. އަތޮޅަށް ވަޑައިގަންނަވަނީ

މި ހަފްތާ ބަންދުގައި ރައީސް ފ. އަތޮޅަށް ވަޑައިގަންނަވަނީ
May 25, 2023
2 ފަހަރު ބަލާފައި
މި ހަފްތާ ބަންދުގައި ރައީސް ފ. އަތޮޅަށް ވަޑައިގަންނަވަނީ
ކުރިޔަށް އޮތް ހަފްތާ ބަންދުގައި ރައީސުލްޖުމްްްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފ. އަތޮޅަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ ފ. އަތޮޅުގެ ޖުމްލަ 5 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައެވެ. އެގޮތުން ނިލަންދޫ، ދަރަނބޫދޫ، މަގޫދޫ އަދި ބިލެއްދޫގެ އިތުރުން ފީއަލި އަށް ރައީސް ވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅަކީ ސަރުކާރުން ކުރިޔަށްގެންދިޔަ ބައެއް މަޝްރޫއުތައް ނިމި، ހިދުމަތްތައް އިފްތިތާހް ކޮށްދެއްވުމަށް ރައީސް ކުރައްވާ ދަތުރުފުޅެކެވެ. މިއުވާން ވިދާޅުވީ މި ދަތުރުފުޅުގައި ރައީސް، ކޮންމެ ރަށެއްގެ ކައުންސިލުންނަށާއި ޑަބްލިއުޑީސީ އާ ބައްދަލުކުރައްވާނެ ކަމަށެވެ. ހަމައެއާއެކު މި ބައްދަލުކުރެއްވުންތަކުގައި ކޮންމެ ރަށެއްގެ ހާލަތު، ކައުންސިލްތައް މެދުވެރިކޮށްް ރައީސް އަށް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިއުވާން ވިދާޅުވިއެވެ. އަދި އެ ރަށްރަށުގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވައި، ކުރިޔަށްދާ ޕްރޮޖެކްޓްތަކާ ގުޅިގެން ސަރުކާރަށް ނުވަތަ ރައީސް އަށް ރައްޔިތުންގެ ފަރާތުން ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހެޅުމަށް، ކައުންސިލަރަކު މެދުވެރިނުކޮށް ސީދާ ރައްޔިތުންނަށް ފުރުސަތު ލިބިގެންދާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ