
ޑރ. ޝަހީމްގެ ނަޒަރުގައި ޕީއެންސީއަށް އިއްޔެ ލިބުނު ބޮޑު ކާމިޔާބީ އަކީ ޑިމޮކްރަސީއަށް ލިބުނު ކުރިއެރުމެއް
ޑރ. ޝަހީމްގެ ނަޒަރުގައި ޕީއެންސީއަށް އިއްޔެ ލިބުނު ބޮޑު ކާމިޔާބީ އަކީ ޑިމޮކްރަސީއަށް ލިބުނު ކުރިއެރުމެއް
ލިޔުން:
ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަށް އިއްޔެ ބޭއްވި ރައްތުޔިންގެ އިންތިހާބުން ލިބުނު ސުޕަ މެޖޯރިޓީއާ އެކީ ރާއްޖޭގައި ހުޅުވިގެން މި އަންނަނީ ޑިމޮކްރަސީގެ އާ ސޮފުހާއެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު (ފޮޓޯ) ވިދާޅުވެއްޖެއެެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ސުޕަރ މެޖޯރިޓީ ވެރިކަންކުރާ ކޮންގްރެސް ޕާޓީން ކާމިޔާބުކުރުމާ ގުޅިގެން ރައީސް މުޢިއްޒަށް ތަހުނިހާ ފޮނުއްވަމުން ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގެ ދިމިޤުރާޠީ ހަޔާތުގައި ހުޅުވިގެން ދެން ދާނީ މުޅިން އާ ޞަފްޙާއެއް ކަމަށެވެ.
ވެރިކަން ހިންގަން ޖެއްސުންކުރުމާއި ދުއްތުރާކުރުމާއި ސިޔާސީ ރުޅިވެރިކަމުގެ މަރުހަލާތައް ދެން ނިމުނީ ކަމަށް ޝަހީމް ވިދާޅުވިއެވެ.
"ރާއްޖޭގެ ދިމިޤުރާޠީ ހަޔާތުގައި ހުޅުވިގެން މި ދަނީ މުޅިން އާ ޞަފްޙާއެއް. ރައީސް ޑރ މުއިއްޒުގެ ޤައުމީ ވިސްނުމަށް އޮތް ތާއިދު ފެނިގެން މި ދަނީ، މަރުޙަބާ ރައީސް ޑރ މުއިއްޒު" ޝަހީމް ވިދާޅުވިއެވެ.
އެންމެ ފަހުގެ ނަތިއްޖާތައް ދައްކާ ގޮތުން 70 ގޮނޑިއާއެކު ސަރުކާރަށް ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިފައެވެ. މި އިންތިޚާބުގައި ޖުމްލަ 93 ދާއިރާއަކަށް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ. އާބާދީ ބޮޑެތި ހުރިހާ ސިޓީއަކުން ޕީއެންސީން ވަނީ މެޖޯރިޓީ ހޯދާފައެވެ. މީގެ ކުރިން އެމްޑީޕީއަށް ޔަގީން ގިނަ ގޮނޑިތަކެއްވެސް ވަނީ ޕީއެންސީ ކޮޅަށް އެނބުރިފައެވެ. މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެން އެމްޑީޕީ ތަމްސީލު ކުރަމުން އައި ގިނަ މެންބަރުންނަށްވެސް މި ފަހަރު އިންތިހާބުގައި ކުރިމަތިލާން ޖެހުނީ ބޮޑު ނާކާމިޔާބީއަކާއެވެ.
މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު އޮތް އެމްޑީޕީއަށް، ވަގުތީ ނަތީޖާ ދައްކާގޮތުން ކާމިޔާބު ކުރެވިފައިވަނީ އެންމެ 12 ގޮނޑިއެވެ. އަދި އެ ޕާޓީގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި ހަތަރު ބޭފުޅަކު މި އިންތިޚާބުގައި ވާދަކުރެއްވިއިރު އޭގެ ތެރެއިން އެއްވެސް ބޭފުޅަކަށް އިންތިޚާބު ކާމިޔާބުނުކުރެވުނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
