މާލެ: 31°C
މިިދިޔަ އަހަރު މުދަލުގެ ޒަކާތުގެ ގޮތުގައި 89.5 މިލިއަން ރުފިޔާ ލިބުނު

މިިދިޔަ އަހަރު މުދަލުގެ ޒަކާތުގެ ގޮތުގައި 89.5 މިލިއަން ރުފިޔާ ލިބުނު

January 20, 2024
3 ފަހަރު ބަލާފައި
މިިދިޔަ އަހަރު މުދަލުގެ ޒަކާތުގެ ގޮތުގައި 89.5 މިލިއަން ރުފިޔާ ލިބުނު
މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 89.5 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަދަދަކީ 2022 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ 92.6 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު 3 ޕަސެންޓް ދަށް އަދަދެކެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުތެރޭ އެންމެ ގިނައިން މުދަލު ޒަކާތް ދައްކާފައިވަނީ އޭޕްރިލް މަހުއެވެ. އެމަހު 22.3 މިލިޔަން ރުފިޔާ ދައްކާފައިވެއެވެ. މިދިޔަ އަހަރުތެރޭ މުދަލު ޒަކާތުގެގޮތުގައި ލިބުނު ޖުމްލަ ޢަދަދު ދަށްވެފައިވާއިރު، އެ އަހަރުގެ ޑިސެމްބަރުމަހުގެ މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ޢަދަދު ދެގުނަ ދަށެވެ. މުދަލު ޒަކާތަކީ ތިމާގެ މުދަލުގެ ނިސާބު ހަމަވެ ހިޖުރީ ސަނަތުން އަހަރު ހަމަވާ އިރު ތިމާގެ ފުރިހަމަ މިލްކުގައި އެ މުދާ ހުރެއްޖެނަމަ އޭގެ 40 ބައިކުޅަ އެއްބައި ނެރެން ޖެހޭ ޒަކާތެވެ. ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރިއިން ނެވެ. އެ ވުޒާރާއިން އެންމެފަހުން މުދަލު ޒަކާތުގެ ނިސާބަށް ބަދަލުގެންނަވާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ. މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިސާބުގެ އަދަދަކީ 7151.90 ރުފިޔާއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ