މާލެ: 31°C
މި ދައުރު ނިމުމުގެ ކުރިން ކޭމްޕު ދާނެ ރަށެއް ހަމަޖައްސާނަން: ރައީސް

މި ދައުރު ނިމުމުގެ ކުރިން ކޭމްޕު ދާނެ ރަށެއް ހަމަޖައްސާނަން: ރައީސް

July 24, 2023
2 ފަހަރު ބަލާފައި
މި ދައުރު ނިމުމުގެ ކުރިން ކޭމްޕު ދާނެ ރަށެއް ހަމަޖައްސާނަން: ރައީސް

މި ދައުރު ނިމުމުގެ ކުރިން ސްކައުޓާއި ގާލް ގައިޑް ކުދިން ކޭމްޕު ދާނެ ރަށެއް ހަމަޖައްސައިދެއްވާނެ ކަމަށް  ރައީސް އިބްރާހިމް މުހައްމަދު ސޯލިހު  މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ދެކުނު ކޮރެއާގައި ބާއްވާ ދުނިޔޭގެ 25 ވަނަ ސްކައުޓް ޖަމްބޮރީގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ސްކައުޓާއި ގާލް ގައިޑްގެ ވަފުދާ ބައްދަލުކުރެއްވުމަށް، ޗީފް ސްކައުޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޗީފް ގައިޑް، ފަސްޓް ލޭޑީ ފަޒްނާ އަހްމަދު މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވަވައިފަ އެވެ.

އެ ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ، ސްކައުޓް އެސޯސިއޭޝަނާއި ގާލް ގައިޑް އެސޯސިއޭޝަނުން، ކޭމްޕު ދާނެ ރަށެއް ހަމަޖައްސައިދިނުމަށް އެދިފައިވާ ކަމަށެވެ. "މިއަދު ވެސް އަޅުގަނޑު ތި ބޭފުޅުންނަށް ޔަގީންކޮށް އަރުވަން، އިރާދަކުރެއްވިޔާ އަޅުގަނޑުމެންގެ މި ދައުރު ތެރޭގައި ތިބޭފުޅުންނަށް ކޭމްޕު ދާނެ ރަށެއް، ހާއްސަކޮށް، އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށަށް ރަށެއް އަޅުގަނޑުމެން ހަވާލުކޮށްދޭނެ ވާހަކަ،" ރައީސް ވިދާޅުވި އެވެ. މާލޭ ސަރަހައްދުގެ ރައްޔިތުން ޕިކްނިކް ދާން ތަރައްގީކުރި، ކުޑަގިރި ހުޅުވުމުވުގެ ރަސްމިއްޔާތުގައި ވެސް ރައީސް ވަނީ ކޭމްޕްދާނެ ރަށެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ރައީސް ސޯލިހުގެ މިދައުރު މިއަހަރު ނިމޭ އިރު، ރިޔާސީ އިންތިހާބު އޮންނާނީ، އަންނަ ސެޕްޓެމްބަރު 9 ގަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ