މާލެ: 31°C
މިއަހަރު މިހާތަނަށް ޑެންގީ އާއި ޗިކުންގުންޔާގެ 900 ކޭސް، ސަމާލުވޭ!

މިއަހަރު މިހާތަނަށް ޑެންގީ އާއި ޗިކުންގުންޔާގެ 900 ކޭސް، ސަމާލުވޭ!

May 7, 2024
3 ފަހަރު ބަލާފައި
މިއަހަރު މިހާތަނަށް ޑެންގީ އާއި ޗިކުންގުންޔާގެ 900 ކޭސް، ސަމާލުވޭ!
މިއަހަރުގެ މިހާތަނަށް ޑެންގީ އާއި ޗިކުންޖުންޔާ ޖެހިގެން 900 މީހަކު ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖެނުއަރީ އެކަކުން މެއި މަހުގެ ފުރަތަމަ ހަތްތާގެ ނިޔަލަށް ޑެންގީގެ 660 ކޭސްވަނީ ރިޕޯޓްކޮށްފައެވެ. އަދި މިދިޔަ މަހުގެ 28 އިން ފެށިގެން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ޗިކުންގުންޔާގެ 240 ކޭހެއް ވަނީ ރިޕޯޓްކޮށްފައެވެ. ވަކިވަކި މަސްތަކުގައި ޑެންގޫގެ ކޭސްތައް ރިޕޯޓަކޮށްފައިވާ އަދަދު:
  • ޖަނަވަރީ – 146 ކޭސް
  • ފެބްރުއަރީ – 116 ކޭސް
  • މާރޗް – 119 ކޭސް
  • އޭޕްރީލް – 239 ކޭސް
  • މެއި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް - 40 ކޭސް
ވަކިވަކި މަސްތަކުގައި ޗިކުންޖުންޔާގެ ކޭސްތައް ރިޕޯޓަކޮށްފައިވާ އަދަދު:
  • މާރޗް – 5 ކޭސް
  • އޭޕްރީލް – 177 ކޭސް
  • މެއި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް – 58 ކޭސް
https://twitter.com/HPA_MV/status/1787525941998035127 އެގޮތުން، ޑެންގޫ ޖެހިގެން އެންމެ ގިނަ މީހުން ރިޕޯޓުކޮށްފައިވަނީ ހުޅުމާލެއިން ކަމަށްވާއިރު އެ ތަނުން 142 މީހަކަށް ބަލި ޖެހިގެން ރިޕޯޓަކޮށްފައިވެއެވެ. އަދި ބަލިވެގެން މާލެއިން 47 މީހަކު ޑޮކްޓަރަށް ދައްކާފައިވެއެވެ. ތިން ވަނައަށް އެންމެ ގިނަ މީހުންނަށް ހުން ޖެހިފައިވަނީ ކ. އަތޮޅުންނެވެ. ޗިކުންގުންޔާ އެންމެ ގިނައީ މާލޭގައެވެ. އެއީ 193 ކޭސް އެވެ. ހުޅުމާލޭގައި އެ ބަލި ޖެހިގެން 40 މީހުން ރިޕޯޓުކޮށްފައިވާއިރު ހއ. އަތޮޅުން 2 މީހަކު ރިޕޯޓްކޮށްފައިވެއެވެ. އެޗްޕީއޭއިން ބުނި ގޮތުގައި މިހާތަނަށް ބަލިޖެހިފައިވާ މީހުންގެ ތެރެއިން ގިނައީ އުމުރުން 25 އަހަރުން މަތީގެ މީހުން ނަމަވެސް މިހާރު އެޑްމިޓްކޮށް ފަރުވާ ދޭ މީހުންގެ ތެރޭގައި ތުއްތު ކުދިން ވެސް ހިމެނެއެވެ. ޑެންގޫ އާއި ޗިކުންގުންޔާ އަކީ ވެސް މަދިރީގެ ޒަރީރާ އިން ޖެހޭ ބަލިތަކަކަށްވާތީ މަދިރިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކޮށް، އިރުޝާދުތައް ދެމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ