މާލެ: 31°C
މިއަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 11 ބިލިއަން ރުފިޔާ ލިބިއްޖެ

މިއަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 11 ބިލިއަން ރުފިޔާ ލިބިއްޖެ

May 11, 2024
2 ފަހަރު ބަލާފައި
މިއަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 11 ބިލިއަން ރުފިޔާ ލިބިއްޖެ
މި އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 11 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ބުނެފިއެވެ. ފިނޭންސް މިނިސްޓްރީން އާންމުކުރި އާމްދަނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ އަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 3.7 ޕަސެންޓްގެ ކުރިއެރުމެކެވެ. ފިނޭންސްގެ ވީކްލީ ފިސްކަލް ރިޕޯޓު ދައްކާ ގޮތުގައި މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 11.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ އާމްދަނީ އަކީ 10.7 ބިލިއަން ރުފިޔާއެވެ. އެގޮތުން، އާމްދަނީގެ ގޮތުގައި ލިބިފައިވާ ޢަދަދުގެ ތެރޭގައި ޓެކްސްތަކަށް ލިބުނު 9.2 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ 1.8 ބިލިއަން ރުފިޔާގެ އިތުރުން އެހީގެ ގޮތުގައި ލިބުނު 51.6 މިލިއަން ރުފިޔާ ހިމެނެއެވެ. ޓެކްސް އާމްދަނީގެ އަދަދުތައް:
  • އިމްޕޯޓް ޑިއުޓީ (700 މިލިއަން ރުފިޔާ)
  • ބީޕީޓީ (2.6 ބިލިއަން ރުފިޔާ)
  • ޖީއެސްޓީ (5.1 ބިލިއަން ރުފިޔާ)
  • ގްރީން ޓެކްސް (374.8 މިލިއަން ރުފިޔާ)
  • އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސް (348.5 މިލިއަން ރުފިޔާ)
އެ މިނިސްޓްރީން ބުނީ މި އަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދުތައް 12.6 ބިލިއަން ރުފިޔާގައި ހުރި އިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ހަރަދަށް 15.8 ބިލިއަން ރުފިޔާ ހޭދަވި ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ