މާލެ: 31°C

މި އަހަރު ހައްޖައްދާ ހައްޖާޖީން ގެ ދެވަނަ ގުރޫޕް ފުރައިފި

މި އަހަރު ހައްޖައްދާ ހައްޖާޖީން ގެ ދެވަނަ ގުރޫޕް ފުރައިފި
June 13, 2023
3 ފަހަރު ބަލާފައި
މި އަހަރު ހައްޖައްދާ ހައްޖާޖީން ގެ ދެވަނަ ގުރޫޕް ފުރައިފި
މި އަހަރު ހައްޖައްދާ ހައްޖާޖީން ގެ ދެވަނަ ގުރޫޕް ފުރައިފިއެވެ. އިސްލާމިކް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، މިއަދު ފުރާފައި ވަނީ ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ހައްޖަށްދިޔަ 90 ހައްޖާޖީން ކަމަށެވެ. ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރީ އިއްޔެ މެނދުދުރު ފަހު 15:10 ގައެވެ. އެއީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް ހަވާލުގައި ފުރި ހައްޖާޖީންނެވެ. މިފަހަރު ހައްޖާޖީން ގޮވައިގެން ޖުމްލަ ހަ ފްލައިޓެއްގައި ފުރުމަށް ހަމަޖެހިފައިވާއިރު ފްލައިޓްތައް އޮންނާނީ މިއަދުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހަށް ކަމަށް ވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ. މިނިސްޓްރީއިން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ހައްޖުވެރިންނަށް ފަސޭހައިން ފުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްދަނީ ކުރަމުން ކަމަށެވެ. އެގޮތުން ހައްޖުވެރިން އެއާޕޯޓަށް ގެންދިއުމާއި، ލަޖެޓް ކަލެޓްކުރުމުގެ މަސައްކަތް ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައި ކަމަށެވެ. އުމުރުން ދުވަސްވީ އަދި ބަލި މީހުންނަށް ކުދި ވެހިކަލްތަކުގައި ބަހާ ހަމައަށް ގެންގޮސްދިނުމާއި، ހައްޖުވެރިއާއާއި އާއިލާގެ ބޭފުޅުންނަށް ބަހުގައި ނުވަތަ އޭސީ ފެރީގައި އެއާޕޯޓަށް ދެވޭގޮތް ހަމަޖެއްސުމާއި، ފުރުމުގެ އެއްދުވަސް ކުރިން ފޮށިތައް އެއާޕޯޓަށް ގެންގޮސްދިނުމުގެ އިންތިޒާމްތައް ވަނީ ހަމަޖެހިފައި ކަމަށް ވެސް މިނިސްޓްރީއިން ބުނެ އެވެ. މިނިސްޓްރީއިން ބުނީ ހައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ހާއްސަކޮށް ދަތުރުތައް ހަމަޖެހިފައިވާއިރު، މާލެއާއި ހުޅުމާލެ އަދި ވިލިމާލެއިން ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައި ކަމަށެވެ. މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދަން ސައޫދީ އަރަބިއްޔާ އިން ދިނީ 1،000 ކޯޓާ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ