މިއަހަރުގެ ފުރަތަމަ ތިން މަހު މަސްތުވާތަކެތީގެ 1154 މައްސަލަ

މިއަހަރުގެ ފުރަތަމަ ތިން މަހު މަސްތުވާތަކެތީގެ 1154 މައްސަލަ
ލިޔުން:
މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ތެރޭގައި މަސްތުވާތަކެތީގެ 1154 މައްސަލަ ރިޕޯޓްކޮށްްފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން މިއަދު ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ވޭތުވެދިޔަ ތިންމަސް ތެރޭގައި އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި އެންމެ ގިނައީ ކެނަބިސްއެވެ.
އެގޮތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މަސްތުވާތަކެތީގެ 69 މައްސަލައެއްގެ ތަހުގީގު ނިންމުމަށްފަހު ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު، މަސްތުވާތަކެތީގެ މައްސަލަތަކުގެ ތެރެއިން 461 މައްސަލަ ލޮޖުކޮށްފައިވެއެވެ. މީގެ އިތުރަށް 77 މައްސަލަ ނިންމައި ފައިލްކޮށްފައިވާއިރު، އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި 331 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މަސްތުވާތަކެތީގެ ތެރޭގައި، 8896 ގްރާމްގެ ކެނަބިސް އަތުލައިގަނެފައިވާއިރު، 3063 ގްރާމްގެ ކޮކެއިން ވަނީ އަތުލައިގެންފައެވެ. އަދި 2151 ގްރާމްގެ ހެރޮއިންގެ އަތުލައިގެންފައިވާއިރު، މީގެއިތުރުން މަސްތުވާތަކެތީގެ އެހެނިހެން ބާވަތްތަކުގެ ގޮތުގައި ބޭނުންކުރާ 2183 ގްރާމްގެ ތަކެތި ވަނީ އަތުލައިގެންފައިވެއެވެ.
މަސްތުވާތަކެތީގެ އެންމެ ގިނަ މައްސަލަތަށް ހުށަހަޅާފައި ވަނީ، މާލެ ސިޓީއިންނެވެ. އެގޮތުން 268 މައްސަލައެއް މާލެ އިން ވަނީ ހުށައަޅާފައެވެ. ކުޅުދުއްފުށީ ސިޓީން 19 މައްސަލަ ހުށަހަޅާފައިވާއިރު، އައްޑޫ ސިޓީން މަސްތުވާތަކެތީގެ 18 މައްސަލަ ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީން 17 މައްސަލައެއް ހުށައަޅާފައިވެއެވެ.
ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުމާއި ވިއްކާ ވިޔަފާރި ކުރުމާއި، އަދި ރާއްޖެއަށް މަސްތުވާ ތަކެތި އެތެރެކޮށް ހެދުމުގެ މައްސަލަތަށް މިހާރުދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ކަނޑު އަޑީގައި ފޮރުވާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާ ތަކެތި ފުލުހުން ވަނީ ހޯދާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
