ޓެކްސީގެ ހިދުމަތަށް އަލަށް ނުކުންނަ މީހުން އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް ފުލުހުން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމުތަކުގެ ތެރެއިން މިއަހަރު ފުރަތަމަ ތަމްރީން ޕްރޮގްރާމް ނިއްމާލައިފިއެވެ.
ތާޖުއްދީން ސްކޫލުގެ ހޯލުގައި ދިޔަ ބުދަ ބުރާސްފަތި ދެ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެ އެވެ.
އަދި އެކްސިޑެންޓްތަކާއި މަގުމަތީގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގުތުން ވެސް މައުލޫމާތު ދިނެވެ.
އެ ޕްރޮގްރާމުގައި ޓެކްސީގެ ހިދުމަތާ އަލަށް ގުޅޭ 543 މީހުން ބައިވެރިވެފައިވެ އެވެ.
ޓެކްސީ ޑްރައިވަރުންގެ ތަމްރީނު ޕްރޮގްރާމުގެ ހަތަރު ބުރެއް ކޮންމެ އަހަރަކުވެސް ފުލުހުން ކުރިއަށް ގެންދެ އެވެ. މި ތަމްރީނަކީ ޓެކްސީ ޑްރައިވަރުން ޓެކްސީ ކުރުމުގެ ލައިސަންސަށް އެދޭއިރު ފުރިހަމަކުރުމަށް ގަވާއިދުގައި ކަނޑައަޅާފައިވާ ތަމްރީނެކެވެ.







