ހިސާބުތައް ދައްކާ ގޮތުން މިހާރު ދުވާލަކު އެވްރެޖުކޮށް 5،566 ފަތުރުވެރިން ރާއްޖެ އާދެއެވެ. އެވަރެޖްކޮށް ފަތުރުވެރިން 8.1 ދުވަސް ރާއްޖޭގައި ހޭދަކުރެއެވެ. ޓޫރިސްޓުންނަށް ހިދުމަތް ދޭ 1،218 ތަން ހިންގާ އިރު ޖުމްލަ 59،840 އެނދުހުރެއެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމަކީ ރަޝިއާއިންނެވެ. އެގައުމުން 24،154 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އިންޑިއާއިން 19،390 ފަތުރުވެރިން އައިއިރު އިޓަލީ އިން 17،159 ފަތުރުވެރިން ރާއްޖެ އައެވެ. އިނގިރޭސިވިލާތުން 15،367 ފަތުރުވެރިން ރާއްޖެ އައިއިރު ޖަރުމަނުން އައީ 10،897 ފަތުރުވެރިންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހުގެ ނިޔަލަށް 36 އެއާލައިނަކުން ރާއްޖެއަށް ބައިނަލްއަގުވާމީ ޝެޑިއުލް ދަތުރުތައް ކުރެ އެވެ.ދާދި ފަހުން ޗައިނާ އިން ރާއްޖެއަށް ފަތުރުވެރިން އަންނަން ފަށާފައިވާ އިރު މިހާރު ޗައިނާ ހިމެނެނީ ނުވަ ވަނަ އަށް އެންމެގިނައިން ފަތުރުވެރިން އަންނަގައުމުކަމުގައެވެ. ކޮވިޑްގެ ކުރިން ޗައިނާއަކީ އެއް ގައުމަކުން އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައި ގައުމެވެ.







