މާލެ: 31°C
މިއަހަރުގެ ފުރަތަމަ ދެ ހަފްތާގެ ފިސްކަލް ރިޕޯޓް ނެރެފި

މިއަހަރުގެ ފުރަތަމަ ދެ ހަފްތާގެ ފިސްކަލް ރިޕޯޓް ނެރެފި

January 22, 2024
3 ފަހަރު ބަލާފައި
މިއަހަރުގެ ފުރަތަމަ ދެ ހަފްތާގެ ފިސްކަލް ރިޕޯޓް ނެރެފި
ކޮންމެ ހަފްތާއަކު ނެރެމުން ގެންދިޔަ ވީކްލީ ފިސްކަލް ރިޕޯޓް ޑިވެލިޕްމަންޓް ނުނެރެ އޮތުމަށްފަހު އަލުން ނެރެން ފަށައިފިއެވެ. މިއަހަރު ފެށުނީއްސުރެ ނެރުން ހުއްޓާލާފައި އޮތް ދައުލަތުގެ މާލީ ހާލަތު ބަޔާން ކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓް ފިނޭންސް މިނިސްޓްރީން އަލުން ނެރެން ފަށާފައިވާކަން ހާމަކުރީ ރޭގައެވެ. ފިނޭންސް މިނިސްޓްރީން އެންމެފަހުން މި ރިޕޯޓު އާންމު ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ 28 ގައެވެ. އެއަށްފަހު މި އަހަރުގެ މިހާތަނަށް ރިޕޯޓް ނެރެފައެއް ނުވެއެވެ. އޭރު ރިޕޯޓުތައް ނެރުން ހުއްޓާލި ސަބަބެއް މިނިސްޓްރީން ހާމަކޮށްފައެއް ވެސް ނުވެއެވެ. [embed]https://twitter.com/MoFmv/status/1749076977187971496[/embed] މި ރިޕޯޓުތައް އަލުން ނެރެން ފަށާފައިވާކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން މިއަދު ބުނީ އައު އަހަރުގެ ބަޖެޓާއި އެއްގޮތަށް ރިޕޯޓު އާންމުކުރާ ނިޒާމަށް ބަދަލު ގެނެސް ރިޕޯޓްތައް އަލުން ޝާއިއު ކުރަން ފަށާފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ރިޕޯޓްތައް ފަސޭހަކަމާއެކު ފެންނަގޮތަށް ހުންނާނެކަމަށެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ