މިއަހަރުގެ ފުރަތަމަ ދެމަހު ރާއްޖެއަށް 350،000 އަށް ވުރެ ގިނަ ޓޫރިސްޓުން!

މިއަހަރުގެ ފުރަތަމަ ދެމަހު ރާއްޖެއަށް 350،000 އަށް ވުރެ ގިނަ ޓޫރިސްޓުން!
ލިޔުން:
މިއަހަރުގެ މިހައިތަނަށް 350،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މިއަހަގެ މިހައިތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދަކީ 356،538 (ތިން ލައްކަ ފަންސާސް ހަހާސް ފަސްސަތޭކަ ތިރީސް އަށެއް) އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު 24.7 ޕަސެންޓްގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދަކީ 285،978 އެވެ.
މިއަހަރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓޫން އައި ގައުމުގެ ގޮތުގައި އަދި ވެސް އޮތީ ރަޝިޔާ އެވެ. އެގައުމުން މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އެގައުމުން 45،707 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި އެވެ. އެއީ ރާއްޖެއަށްް މި މުއްދަތުގައި ޒިޔާރަތްކުރި ޓޫރިސްޓުންގެ 12.8 ޕަސެންޓެވެ.
ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައި އިންޑިއާއިން މިއަހަރުގެ މިހައިތަނަށް 38،982 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި އެވެ. އެއީ ރާއްޖެއަށް މި މުއްދަތުގައި އައި ޓޫރިސްޓުންގެ 10.9 ޕަސެންޓެވެ. މި މުއްދަތުގައި ތިން ވަަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިނގިރޭސިވިލާތުންނެވެ. އެގައުމުން 33،178 ޓޫރިސްޓުން އައެވެ.
ރާއްޖޭގެ ހަތަރުވަނަ މާކެޓަކީ އިޓަލީ އެވެ. ފަސް ވަނަ މާކެޓަކީ ޖަރުމަނެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަން އައުމުގެ ކުރިން އެއްގައުމަކުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ޗައިނާގެ ޓޫރިސްޓުން މިދިޔަ ފެބްރުއަރީ މަހު އަލުން އަންނަން ފަށާފައި ވާއިރު އެގައުމު އަދި އޮތީ އަށް ވަނައިގަ އެވެ. މިއަހަރުގެ މިހައިތަނަށް ޗައިނާއިން އައި ޓޫރިސްޓުންގެ އަދަދަކީ 10،427 އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރީ މިހާރު ދެވަނައިގައިި އޮތް، އަވަށްޓެރި އިންޑިއާއިންނެވެ. އެގައުމުން މިދިޔަ އަހަރު 241،369 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި އެވެ. މިހާރު އެއްވަނައިގައި އޮތް ރަޝިޔާ މިދިޔަ އަހަރު އޮތީ ދެވަނައިގަ އެވެ. އެގައުމުން މިދިޔަ އަހަރު އައީ 201،957 ޓޫރިސްޓުންނެވެ.
މިއަހަރު ވެސް ތިން ވަނައިގައި އޮތް އިނގިރޭސިވިލާތަކީ މިދިޔަ އަހަރު ވެސް ރާއްޖޭގެ ޓޫރިޒަމްގެ ތިން ވަނަ މާކެޓެވެ. އެގައުމުން މިދިޔަ އަހަރު ޖުމްލަ 179،312 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި އެވެ.
ރާއްޖޭގައި މިވަގުތު ހިންގަމުން އަންނަނީ 172 ރިސޯޓާއި 13 ހޮޓަލަކާއި 886 ގެސްޓްހައުސް އެވެ. އެހުރިހާ ތަނަކާއި އެކު ޓޫރިސްޓް އެނދުގެ އަދަދަކީ ޖުމްލަ 60،138 އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
