
މި އަހަރުގެ ފުރަތަމަ ތިންމަހު މާލޭގައި އެކަނި 500 އަށް ވުރެ ގިނަ އެކްސިޑެންޓް
މި އަހަރުގެ ފުރަތަމަ ތިންމަހު މާލޭގައި އެކަނި 500 އަށް ވުރެ ގިނަ އެކްސިޑެންޓް
ލިޔުން:
މި އަހަރުގެ މިހާތަނަށް މާލޭގައި އެކަނި 500 އަށް ވުރެން ގިނަ އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ގެ ތަފާސްހިސާބު ތަކުން ދައްކައިފިއެވެ.
ފުލުހުން މިއަދު ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަހަރުގެ ފުރަތަމަ ތިން މަހުގައި މާލެއިން އެކަނި ވަނީ 516 އެކްސިޑެންޓް އެއް ހިނގައިފައެވެ.
މީގެ އިތުރުން އަތޮޅު ތަކުގެ އެކި ރަށްތަކުން ވެސް ވަނީ އެކި ކަހަލަ އެކްސިޓެންޓްތަށް ހިނގާފައެވެ. އެގޮތުން އައްޑޫ ސިޓީގައި ހަ އެކްސިޑެންޓް އެއް ހިނގާފައިވާ އިރު، ފުވައްމުލަކު ސިޓީގައި ނުވަ އެކްސިޑޭންޓެއް ވަނީ ހިނގާފައެވެ. އަދި ކުޅުދުއްފުށީގައި ތިން އެކްސިޑެންޓް އެއް ހިނގާފައިވެއެވެ. މީގެ އިތުރުން އެހެން އަތޮޅުތަކުން ޖުމްލަ ފަސް އެކްސިޑެންޓް އެއް ވަނީ ހިނގާފައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މީގެ ތެރެއިން ނުރައްކާތެރި އެކްސިޑެންޓްތަކުގައި ބޮޑެތި އަނިޔާތަށް ލިބިފައިވާ 77 ކޭސް ހިމެނެއެވެ.
މި ފަހަކަށް އައިސް މާލޭގައި ނުރައްކާތެރި އެކްސިޑެންޓްތަށް ހިނގާ މިންވަރު ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ. އެގޮތުން މިމަހުގެ 9 ވަނަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕިކަޕަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި 20 އަހަރުގެ ޒުވާނާ އަށް އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް އޭނާ ވަނީ މިމަހުގެ 12 ވަނަ ދުވަހު ނިޔާވެފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
