މާލެ: 31°C

މިއަހަރު ވެސް އެންމެ ގިނައީ ވައްކަމުގެ މައްސަލަ!

މިއަހަރު ވެސް އެންމެ ގިނައީ ވައްކަމުގެ މައްސަލަ!
March 8, 2023
2 ފަހަރު ބަލާފައި
މިއަހަރު ވެސް އެންމެ ގިނައީ ވައްކަމުގެ މައްސަލަ!
މިއަހަރުގެ މިހައިތަނަށް ފުލުހުންނަށް ރިޕޯޓްކުރި މައްސަލަތަކުގެ ތެރޭގައި ވެސް އެންމެ ގިނައީ ވައްކަމުގެ މައްސަލަތައް ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރު މިހައިތަނަށް ވައްކަމުގެ 636 މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވެ އެވެ. މިއަހަރުގެ ދެވަނަ އަށް އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަ އެވެ. އެކްސިޑެންޓްތަކާ ގުޅޭ 374 މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވެ އެވެ. ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރު ތިން ވަނައަށް އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. މަސްތުވާތަކެތީގެ 311 މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވެ އެވެ. ހިޔާނާތްތެރިވުމުގެ މައްސަލާގައި 116 މައްސަލައާއި، ތަޅާފޮޅުމުގެ 105 މައްސަލަ އާއި މީހުންނަށް ހަމަލާދީ ޒަހަމްކޮށްލުމުގެ 95 މައްސަަލަ ވެސް މިއަހަރު ފުލުހުންނަށް ހުށަހެޅި އެވެ.  ފޭރުމުގައި 63 މައްސަލަ އެއް ވެސް މިއަހަރު ރިޕޯޓްކުރި އެވެ. ޖިންސީ ގޯނާކުރުމުގެ 54 މައްސަލައަކާއި ގެވެށިއަނިޔާގެ 38 މައްސަލަ ވެސް މިއަހަރުގެ މިހައިތަނަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވެ އެވެ. ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ވެސް އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ. ވައްކަމުގެ 942 މައްސަލައެއް މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ހުށަހެޅި އެވެ.          

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ