މާލެ: 31°C
މިއަހަރު މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު 10 ޕަސެންޓް އިތުރު

މިއަހަރު މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު 10 ޕަސެންޓް އިތުރު

January 16, 2024
3 ފަހަރު ބަލާފައި
މިއަހަރު މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު 10 ޕަސެންޓް އިތުރު

އަހަރުގެ ފުރަތަމަ މަސް ދެބައިވިއިރު ރާއްޖެއަށް މި އަހަރު މިހާތަކަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 10 ޕަސަންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 76،979 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 69.535 ފަތުރުވެރިންނަށްވުރެ 7،444 ފަތުރުވެރިން ނަށް ވުރެ 10.7 ޕަސަންޓް އިތުރު އަދަދެކެވެ. ރާއްޖެއަށް އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ. އެގައުމުން 10،203 ފަތުރުވެރިން ޒިޔާރަތްކުރިއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިޓަލީން 9،019 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. އެ ދެގައުމުގެ އިތުރުން ދެން އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކަކީ:
  • އިންޑިއާ  6،269
  • އިނގިރޭސިވިލާތް 6،072
  • ޖަރުމަނު  4،737
  • ޗައިނާ  4،288 އެމެރިކާ  2،884
  • ފްރާންސް 2،368
  • ކަޒަކިސްތާން 1،921
  • ރޯމޭނިއާ 1،573
 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ