މާލެ: 31°C

މިއަހަރު ހައްޖަށްދިޔަ ހައްޖާޖީންގެ ފުރަތަމަ ގްރޫޕް ރާއްޖެ އަތުވެއްޖެ

މިއަހަރު ހައްޖަށްދިޔަ ހައްޖާޖީންގެ ފުރަތަމަ ގްރޫޕް ރާއްޖެ އަތުވެއްޖެ
July 7, 2023
2 ފަހަރު ބަލާފައި
މިއަހަރު ހައްޖަށްދިޔަ ހައްޖާޖީންގެ ފުރަތަމަ ގްރޫޕް ރާއްޖެ އަތުވެއްޖެ
މިއަހަރު ރާއްޖެއިން ހައްޖަށްދިޔަ ހައްޖާޖީންގެ ފުރަތަމަ ގްރޫޕް ހައްޖުގެ މަތިވެރި އަޅުކަން ނިންމާލުމަމަށްފަހު އެނބުރި ރާއްޖެ އަތުވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ މިއަދު ރާއްޖެއައި ހައްޖާޖީންގެ ފުރަތަމަ ގްރޫޕްގައި ހިމެނެނީ އަލް މަނާސިކް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ހައްޖަށް ދިޔަ ހައްޖުވެރިން ކަމަށެވެ. [embed]https://twitter.com/MVIaffairs/status/1677156987203907585?s=20[/embed] ހައްޖާޖީންގެ ފުރަތަމަ ގްރޫޕް ރޭ 19:10 ގައި ސައުދި އަރަބިއްޔާއިން ފުރާފައިވާއިރު، މިފަހަރު ހައްޖާޖީން އެނބުރި ރާއްޖެ ގެނައުމަށް ހަތް ފްލައިޓެއް ހަމަަޖެހިފައިވެއެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ހުރިހާ ހައްޖުވެރިން އެނބުރި ރާއްޖެ އައިސް ނިމޭނީ މިމަހުގެ 14 އަށެވެ. މި އަހަރުގެ ހައްޖުގެ އަޅުކަމަށް ގޮސް އުޅެނިކޮށް ދިވެހި ހަތަރު ހައްޖާޖީއަކު ވަނީ ނިޔާވެފައެވެ.
ރާއްޖެއިން މިއަހަރު މީހުން ހައްޖަށް ގެންދަން ސައޫދީ އަރަބިއްޔާ އިން ދިނީ 1،000 ކޯޓާއެވެ. އެންމެ ގިނަ މީހުން ހައްޖަށް ދިޔައީ ހައްޖު ކޯޕަރޭޝަނުން ކަމަށްވާއިރު، އަމިއްލަ ތިން ގްރޫޕަކުން ވެސް މިއަހަރު މީހުން ހައްޖަށް ގެންދިޔައެވެ. އެއީ އަލް މަނާސިކްގެ އިތުރުން ސިސިލްފަރާއި އަލް ހަރަމައިން އެވެ. އެއިން ކޮންމެ ގްރޫޕަކަށް ދިނީ 90 ހައްޖު ކޯޓާ އެވެ. މި އަހަރު ރާއްޖޭގެ އަމީރުލްހައްޖަކީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އެ މަނިކުފާނު ވަނީ މިދިޔަ އަންގާރަ ދުވަހު ރާއްޖެ ވަޑައިގެންފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ