
މި އަހަރު އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާނީ ނައިބު ރައީސް
މި އަހަރު އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާނީ ނައިބު ރައީސް
ލިޔުން:
1444 ވަނަ އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ހައްޖާޖީންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، ނައިބު ރައީސް ފައިސަލް ނަސީމް ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ހަމަޖައްސަވައިފިއެވެ.
ދިވެހި ޙައްޖާޖީންގެ އެންމެހާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ހުރިހާ އިންތިޒާމުތަކެއް ވީހާވެސް ފުރިހަމަޔަށް ގެންދިޔުމަށް ބާރު އެޅުމަށްޓަކައި ސަރުކާރުން ކޮންމެ އަހަރަކުވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮންމެ އަހަރެއްގައިވެސް ރާއްޖެއިން ހައްޖަށްދާ މީހުންގެ ކަންކަން އެންމެ ގާތުން ބެލެހެއްޓެވުމަށްޓަކައި ސަރުކާރުގެ އިސްވެރިއަކު ވަޑައިގަންނަވައެވެ. މިދިޔަ އަހަރު ވަޑައިގެންނެވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.އަހްމަދު ޒާހިރު އަލީއެވެ.
މިއަހަރު ރާއްޖެއަށް ލިބުނު 1000 ކޯޓާގެ ތެރެއިން 270 ޖާގަ ދީފައިވަނީ އަމިއްލަ ކުންފުނިތަކަށެވެ. ސަރުކާރުން އަންނަނީ ރާއްޖެއަށް ދެމުން އަންނަ ހައްޖު ކޯޓާގެ އަދަދު އިތުރުކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. މިއހަރު ރާއްޖެއިން ޙައްޖަށްދާ މީހުން މާދަމާއިން ފެށިގެން ފުރަން ފަށާނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
