މާލެ: 31°C

5 އަހަރުގެ ތެރޭ މަދުވެގެން 500 އިމާމުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަމްރީން ކުރާނަން: މިނިސްޓަރ ޑރ. ޝަހީމް

5 އަހަރުގެ ތެރޭ މަދުވެގެން 500 އިމާމުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަމްރީން ކުރާނަން: މިނިސްޓަރ ޑރ. ޝަހީމް
September 21, 2024
2 ފަހަރު ބަލާފައި
5 އަހަރުގެ ތެރޭ މަދުވެގެން 500 އިމާމުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަމްރީން ކުރާނަން: މިނިސްޓަރ ޑރ. ޝަހީމް
މި ފަސް އަހަރުގެ ތެރޭ މަދުވެގެން 500 އިމާމުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަމްރީން ކުރާނެ ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅެއްޖެއެވެ. މިނިސްޓާރ މިފަދައިން ވިދާޅުވީ، އިމާމުންގެ މަހާސިންތާ 2024 ފެށުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓާރ ވިދާޅުވީ، މި މަހާސިންތާގެ މަގްސަދަކީ އިމާމުން ތަމްރީނު ކުރުމާއި ޒުވާން އިމާމުންގެ ޖީލެއް މުޖުތަމައުއަށް ނެރުންކަމަށެވެ. އެގޮތުން އިމާމުންނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ގުޅުން ބަދަހިކުރައްވާ، އިމާމުންގެ ހުށައެޅުންތައް އަޑުއަހައި، މަޝްވަރާކުރުމަކީވެސް މި މަހާސިންތާގެ ބޭނުމެއްކަމަށާއި، ހަމައެއާއެކު އިމާމުންގެ ދައުރު ފުޅާ ކުރުމަށް މަސައްކަތްކުރުމަކީވެސް މި މަހާސިންތާގެ މަގްސަދެއްކަމަށް މިނިސްޓާރ ވިދާޅުވިއެވެ. "މި ފަސް އަހަރުގެ ތެރޭ މަދުވެގެން 500 އިމާމުން ރާއްޖެއިން ބޭރަށް ފޮނުވައިގެންތަމްރީން ކުރާނަން. އަދި މަދުވެގެން 1000 ޒުވާން ހަތީބުން ނެރޭނަން. އިމާމްކަމުގެ މަގާމަކީ ހާދަ މަތީ މަގާމެކޭ. މާތް ﷲ ކަނޑައަޅުއްވާފައިވާ އެހާ މާތް އަޅުކަމެއްގެ ތެރޭގައި އެންމެ އިސް މީހެއްގެ ގޮތުގައި ހުންނަން ޖެހޭ މީހާއަކީ މަތީ ޝަރަފަކާއި އިއްޒަތެއް އޮތް މީހެއް." މިނިސްޓާރ ވިދާޅުވިއެވެ. އެގޮތުން އެންމެ އުފާވާ އެއްކަމެއް ކަމުގައި ފާހަގަ ކުރައްވައި މިނިސްޓާރ ވިދާޅުވީ، ޒުވާން އިމާމުންނާއި ހަތީބުން ފެނިގެންދާކަން އެއީ  ދިވެހިރާއްޖޭގެ މުސްތަގްބަލު ކަމަށާއި، އިސްލާމީ ޝަހުސިއްޔަތު އުޖާލާވެގެންދާނެކަމުގެ ވަރަށް ބޮޑު ނިޝާނެއް ކަމުގައެވެ. އެހެން ކަމުން އިމާމުންނަށް ދިމާވާ ދަތިކަން ހައްލު ކުރުމަށް އިސްލާމީކް މިނިސްޓްރީން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓާރ ވަނީ އިމާމުންނަށް ދެއްވާފައެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަހާސިންތާގައި 500 އަށް ވުރެން ގިނަ އިމާމުން ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި މަހާސިންތާއަށް ހާޒިރުވެގެން 208 އިމާމުން ތިބި އިރު، އޮންލައިންކޮށް 300 އިމާމުން ބައިވެރިވެފައިވެއެވެ. މި މަހާސިންތާގައި ތަޖުވީދު އިލްމު، ތަފްސީރު، ފިގްހު، ހަދީސް، އަގީދާ، އިލްމީ މައުލޫމާރު، އިމާމުން އިތުރަށް ތާޒާ ކުރުމުގެ އިތުރުން މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އިމާމުން އަދާ ކުރަން ޖެހޭ މަސްއޫލިއްޔަތު އަދާ ކުރުމުގައި ހުރި ގޮންޖެހުންތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ