މާލެ: 31°C

ގިނަ ބަޔަކާއެކު މެޒޯ މޯޑުގެ ޖަނާޒާ ބާއްވައިފި

February 13, 2025
1114 ފަހަރު ބަލާފައި
ގިނަ ބަޔަކާއެކު މެޒޯ މޯޑުގެ ޖަނާޒާ ބާއްވައިފި
ގިނަ ބަޔަކާ އެކު، މަޝްހޫރު ލަވަކިއުންތެރިޔާ މެޒޯ މުހައްމަދުގެ ޖަނާޒާ ބާއްވައިފިއެވެ. 

ގިނަ ބަޔަކާ އެކު، މަޝްހޫރު ލަވަކިއުންތެރިޔާ މެޒޯ މުހައްމަދުގެ ޖަނާޒާ ބާއްވައިފިއެވެ. 

މިއަދު މެންދުރު ފަހުން ފެށިގެން އަސުރު ނަމާދާ ހަމައަށް އިސްލާމީ މަރުކަޒުގައި މޯޑުގެ މޫނު ދެއްކުން ކުރިއަށް ދިޔައިރު އާދަޔާ ޚިލާފު ގިނަ ބަޔަކު އޭނާއަށް އެންމެ ފަހުގެ އަލްވަދާއު ކިއުމަށް ޒިޔާރަތްކުރިކަން ފާހަގަ ކުރެވެއެވެ. 

އޭނާގެ ކަށު ނަމާދު އޮތީ މިއަދު އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ. 

މެޒޯ މުހައްމަދަކީ އުމުރުން އެންމެ ނުވަ އަހަރުން ފެށިގެން މިއުޒިކު ކުޅުމުގެ މަސައްކަތުގެ ތެރެއަށް ވަދެފައިވާ ކުޅަދާނަ ފަންނާނެކެވެ. 

މުހައްމަދަށް އިއްޔެ ޖެހުނީ ވަރުގަދަ ހާޓްއެޓޭކެކެވެ. ގެއަށް ދިޔަ ރައްޓެހިން ސީޕީއާރު ދިން ނަމަވެސް ފުރާނަ ސަލާމަތް ކުރެވޭ ގޮތެއް ނުވި އެވެ. އެނގިފައިވާ ގޮތުގައި، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާގެ ފުރާނައެއް ނެތެވެ.

މިއުޒިކީ ލެޖެންޑެއްގެ އިތުރުން، މުހައްމަދަކީ އޭނާގެ އެކުވެރިންނާ ވަރަށް ގާތް ގުޅުމެއް ބޭއްވި ހިތްހެޔޮ ރަހުމަތްތެރިއެކެވެ. މީހުން އެދޭ ކަންކަން ކޮށްދެއްވައި އެހީތެރިކަން ފޯރުކޮށްދެއްވި އެވެ. ގިނައިން ސަމާސާ ކުރެއްވި އެވެ.

މުހައްމަދަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު މިޔުޒިކް ކުޅުންތެރިންގެ ތެރެއިން އެކެކެވެ. އޭނާގެ އަމިއްލަ ރާގުތަކުގެ ލަވަތައް 1990 އާއި 2000ގެ އަހަރުތަކުގައި ވަރަށް ބޮޑަށް މަޝްހޫރުވި އެވެ. އަދި އޭނާއަކީ މިޔުޒިކަށް ހާއްސަ ޗެނެލް، އެމްޓީވީގައި ލަވައެއް ދެއްކި ދިވެހި ފުރަތަމަ ފަންނާނު ވެސް މެ އެވެ.

މުހައްމަދުގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި 'އެޅިކަނޑުމަތި'، 'އުޑުންތަރިތައް'، 'މަސްތު'، 'ވިސްނާވިސްނާ' އަދި 'ރޯޅި' ފާހަގަކޮށްލެވެ އެވެ.

މީގެ 10 އަހަރު ކުރިން 'ހޮޓެލިއާ މޯލްޑިވްސް'އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އުމުރުން އެންމެ ނުވަ އަހަރުން ފެށިގެން މިއުޒިކްގެ ތެރެއަށް ވެންނެވިއްޖެ ކަމަށެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ