ފޭސްބްކް ހިންގާ އޮފީހުގެ ފިރިހެނުންގެ ފާހާނާ ތަކުގައި ބަހައްޓާފައިހުންނަ، އަންހެނުންގެ މައްސަރު ދުވަސްވަރު ބޭނުންކުރާ ޓެމްޕޮން ނެގުމުން މުވައްޒަފުން މުޒާހަރާކުރަން ފަށައިފި އެވެ.
ފޭސްބްކް ހިންގާ މެޓާ ކުންފުނީގެ މުވައްޒަފުން މަސައްކަތްކުރާ އޮފީސް ތަކުގެ ފިރިހެނުން ފާހާނާ ތަކުގައި ބަހައްޓާފައި ހުރި އަންހެނުން މައްސަރު ކަންތަކުގެ ދުވަސްވަރު ބޭނުންކުރާ ޓެމްޕޮން ނަގަން ނިންމީ ޖެނުއަރީ މަހުގެ ތެރޭގައި މެޓާ ގެ ޕޮލިސީތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން ކަމަށް އެ ކުންފުނިންގ ބުނެފައިވެއެވެ.
އެ ކުންފުނީގެ ޕޮލިސީ ބަދަލުކޮށް ފިރިހެނުން ފާހާނާތަކުން ޓެމްޕޮންސް ނަގާފައިވަނީ ޓްރަމްޕް ގެ ސަރުކާރުން ޓްރާންސް ޖެންޑަރ ނުވަތަ ވަކި ޖިންސަކަށް ނިސްބަތް ނުވާ ޖެންޑަރ ބަލައި ނުގަންނަން ނިންމެވި ނިންމެވުން އެ ކުންފުނިންވެސް ތަންފީޒް ކުރުމުގެ ގޮތުންނެވެ.
މީގެ ކުރިން އެ ކުންފުނީގެ ފިރިހެނުންގެ ފާހާނާ ތަކުގައި ޓެމްޕޮންގ ބަހައްޓާފައިވަނީ އެމެރިކާގައި އަންހެން ޖިންސާއި، ފިރިހެން ޖިންސާއި، އަދި ވަކި ޖިންސަކަށް ނިސްބަތްނުވާ ޖިންސް ގެ މީހުން ބަލައިގެންފައިވާތީ، ވަކި ޖިންސަކަށް ނިސްބަތްނުވާ މީހުންނަށް ފިރިހެނުންގެ ފާހާނާ ބޭނުންކުރާ ގޮތަށް ހަމަޖައްސާފައިވާތީއެވެ.
މެޓާގެ އޮފީސް ތަކުގެ ފިރިހެނުންގެ ފާހާނާއިން ޓެމްޕޮންގ ނެގުމާ ގުޅިގެން އުކުންފުނީގެ މުވައްޒަފުން އަމިއްލައަށް ޓެމްޕޮންގ ގެނެސް ފާނާ ތަކުގައި މިހާރު ބަހައްޓާފައިވާ ކަމަށާއި، އަދި ފާހާނާތަކުން ޓެމްޕޮންގ ނެގުމާ ގުޅިގެން ޕެޓިޝަނެއްގައި ސޮއިކޮށް ކުންފުންޏަށް ހުށަހެޅުމަށްފަހު މިހާރުވަނީ ހިމޭން މުޒާހިރާއެއް ކުރަންފަށާފައިކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.







