މާލެ: 31°C
މެންދުރުފަހު ވޯޓުލާގޮތަށް، ޖަލްސާ މެދުކަނޑާލައިފި

މެންދުރުފަހު ވޯޓުލާގޮތަށް، ޖަލްސާ މެދުކަނޑާލައިފި

January 28, 2024
3 ފަހަރު ބަލާފައި
މެންދުރުފަހު ވޯޓުލާގޮތަށް، ޖަލްސާ މެދުކަނޑާލައިފި
ރައީސް ޑރ. މުއިއްޒުގެ ކެބިނެޓަށް ރުހުންދިނުމަށް ދައުރުން ބޭރުން ބާއްވާ މަޖިލިސް ޖަލްސާ މެދުކަނޑާލައިފި އެވެ. ބަހުސްގެ ވަގުތު ނިމުމާއި އެކު، ރިޔާސަތުން ވަނީ ވޯޓަށް އެހުން އޮތީ މިއަދު މެންދުރު ފަހު 1:30ގައި ކަމަށް އިއުލާންކުރުމަށް ފަހު، ޖަލްސާ މެދުކަނޑާލައްވާފައެވެ. ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން ކޮމިޓީން އެކުލަވާލި ރިޕޯޓް އިއްވުމަށް ފަހު، މެމްބަރުން ބަހުސް ކުރުމަށް 30 މިނިޓް ދިނެވެ. ކޮމިޓީން ނިންމާފައި ވަނީ ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށެވެ. ނަމަވެސް މިއަދުގެ މަޖިލިސް ފެށުމުގެ އިރުކޮޅެއް ކުރިން ދަ ޑިމޮކްރެޓްސް އިން ވަނީ، ހުރިހާ ވަޒީރުންނަށް ރުހުން ނުދޭން އެޕާޓީން ނިންމާކަމަށް ތްރީލައިން ވިޕެއް ނެރެފައެވެ.
މެންދުރުފަހު ، ކޮންމެ މިނިސްޓަރަކަށް ވަކިވަކިން ވޯޓަށް އަހާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ