މާލެ: 31°C
މެމްބަރުންގެ ޒިއްމާ އަދާކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަށް އެމްޑީޕީން ގޮވާލައިފި

މެމްބަރުންގެ ޒިއްމާ އަދާކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަށް އެމްޑީޕީން ގޮވާލައިފި

January 28, 2024
4 ފަހަރު ބަލާފައި
މެމްބަރުންގެ ޒިއްމާ އަދާކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަށް އެމްޑީޕީން ގޮވާލައިފި
ރައްޔިތުން މަޖިލީހުގެ މެމްބަރުން ޒިންމާ އާއި މައްސޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަށް އެންމެހާ އިދާރާތަކަށް އެމްޑީޕީން ގޮވާލައިފިއެވެ. މަޖިލީޙުގައި މިއަދު ހިނގާދިޔަ ކަންތައްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ބޭއްވި ޖަލްސާއަށް ހުރަސްއަޅައި މުޅި މަޖިލީހުގެ ނިޒާމް ގެއްލުވާލުމަށް ކުރި މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ. ވަޒީރުންނަށް ރުހުން ދިނުމަކީ ގާނޫނު އަސާސީގެ 129 މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާއެކެވެ. އެމްޑީޕީން ބުނީ ވޯޓު ނެގުމަށް ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރުން ފުރުސަތު ނުދިނީ ޑިމޮކްރަޓިކް ޕްރޮސެސްއަށް ހުރަސްއެޅުމަށް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަލާމަތީ ހިދުމަތްތަކުގެ ޒިއްމާއަކަށް ވީއިރު، އެކަން އެމަގުން މިއަދު ފެނިގެން ނުދިޔަކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން މެމްބަރުންނަށް އިންޒާރުދީ ގްރީން ޒޯނުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން މަޖިލީހުގެ ތެރެއަށް ގާ އުކާފައިވާއިރުވެސް މެމްބަރުންގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ސަލާމަތީ ހިދުމަތްތަކުން މަސައްކަތް ކޮށްފައިނުވާކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ. މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ ގްރީން ޒޯނުގައި މުޒާހަރާ ކުރަމުންދިޔައިރު، އެއްވެސް ބެލުމެއްނެތި އެއީ ސަރުކާރުގެ އިސްވެރިންނަށް ވީއިރުވެސްސަލާމަތީ ހިދުމަތްތަކުން ގާނޫނު ތަންފީޒު ކުރަންޖެހޭނޭކަމަށް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ