މާލެ: 31°C
މުވައްޒަފުން ވަކިކުރަންއުޅޭ މައްސަލާގައި އެމްޑީޕީން ހުށަހެޅި ގަރާރަކީ "ބޭގަރާރެއް": މެންބަރު: އިބްރާހިމް މުހައްމަދު (ޖަނާބު)

މުވައްޒަފުން ވަކިކުރަންއުޅޭ މައްސަލާގައި އެމްޑީޕީން ހުށަހެޅި ގަރާރަކީ "ބޭގަރާރެއް": މެންބަރު: އިބްރާހިމް މުހައްމަދު (ޖަނާބު)

28 ޖުލައި 2026
158 ފަހަރު ބަލާފައި
ކުންފުނިތަކުން މުވައްޒަފުން ވަކިކުރާތީ އެމްޑީޕީން މަޖިލީހަށް ހުށަހެޅި ގަރާރަކީ ބޭގަރާރެއް: މެންބަރު: އިބްރާހިމް މުހައްމަދު (ޖަނާބު)

ސަރުކާރު ކުންފުނިތައް ކުންފުނިތަކުން މުވައްޒަފުން ވަކިކުރުމަށް ސަރުކާރުން ކުރަމުންދާ ދެކޮޅަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަކީ ހަގީތާ ހިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ "ބޭގަރާރެއް" ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) ވިދާޅުވެއްޖެއެވެ. 

ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން ވަކިކުރަން ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ސަބަބުން ރާއްޖޭގެ އާބާދީގެ 25 އިންސައްތަ މީހުންނަށް ސީދާގޮތުން އަސަރުކުރާނެކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްތރެޓިކް ޕާޓީ (އެމްޑީޕީ) އިން ދަނީ ބުނަމުންނެވެ.

ކުންފުނިތަކުން ގިނައަދަދެއްގެ މުވައްޒަފުން ވަކިކުރުމަށް ސަރުކާރުން ކުރަމުންއަންނަ މަސައްކަތަަކީ ސިޔާސީ ގޮތުން ވަކި ބަޔަކު ވަޒީފާއިން ވަކިކުރުމަށް ކުރާ ކަމެއްކަމަށް ބުނެ އެކަން ހުއްޓުވުމަށް ގޮވާލާ އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރުގަރާރަށް ބަހުސްކުރައްވަމުން މެންބަރު އިބްރާހީމް (ޖަނާބު) ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައިވެސް ސަރުކާރު ކުންފުނިތަކުން އެތައް މުވައްޒަފުންނެއް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

އަދި މެންބަރު އިބްރާހިމް ވިދާޅުވީ ސިޔާސީ މަގުސަދުތައް ހާސިލުކުރުމަށް ވަކި ފިކުރަކަށް ނިސްބަތްވާ މީހުން ވަޒީފާއިން ވަކިކުރުމުގެ ސަގާފަތަކީ އެމްޑީޕީން ގެންގުޅޭ ސިޔާސަތެއް ކަމަށެވެ

މީގެ އިތުރުން މެންބަރުން ވަކިކުރަން އުޅޭ މައްސަލާގައި އެމްޑީޕީން ހުށަހެޅި ގަރާރުގައި ވަކިކުރި މުވައްޒަފުންގެ ނަމާއި ވަކިކުރި ދުވަސް އެނގެން ނެތްކަމަށްވެސް މެންބަރު އިބްރާހިމް (ޖަނާބު) ވަނީ ވިދާޅުވެފައެވެ.

ގަރާރެއް ލައި، ރައްޔިތުންގެ ފޯކަސް އަނބުރާލަން މަސައްކަތްކުރާއިރު މިގަރާރުގައި ނެތް ވަކިކުރި މީހެއް، ވަކިކުރި ތަނެއް ވަކިކުރި ދުވަހެއް، މިއިން އެއްވެސް ހަގީގަތެއް ސްޕެސިފިކްކޮށް މި ގަރާރުގައި ބަޔާންކޮށްފައި ނެތް" މެންބަރު އިބްރާހިމް (ޖަނާބު) ވިދާޅުވިއެވެ. 

އިތުރަށް މެންބަރު އިބްރާހިމް (ޖަނާބު) ވިދާޅުވީ އެމްޑީޕީން މި ގަރާރު ހުށަހެޅީ ކުރިއަށް ދާންވީ ގޮތެއް ނޭނގިގެން ކަމަަށާއި، އެހެންކަމުން އެ ގަރާރަށްޓަކައި މަޖިލީހުގެ ވަގުތު ބޭކާރުނުކޮށް ގަރާރު ބޭރުކޮށްލަން ފެންނަ ކަމަށެވެ.

ޑައިމޯފިން ޓްރެފިކް ކުރި މީހަކު 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރަން ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި
ހަބަރު

ޑައިމޯފިން ޓްރެފިކް ކުރި މީހަކު 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރަން ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި

އުމުރަށް ޖަލަށްލާފައިހުރި އައްޑޫސިޓީގެ އެންމެ ބޮޑު ޑްރަގް ލޯޑް މިނިވަންކޮށްފި
ހަބަރު

އުމުރަށް ޖަލަށްލާފައިހުރި އައްޑޫސިޓީގެ އެންމެ ބޮޑު ޑްރަގް ލޯޑް މިނިވަންކޮށްފި

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް
ހަބަރު

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު
ހަބަރު

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި
ހަބަރު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް
ހަބަރު

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ