މާލެ: 31°C

މެމްބަރު ޝަރީފުގެ "ރުޅިގަނޑު" ނަޝީދަށާއި އަރިސްބޭފުޅުންނަށް!

މެމްބަރު ޝަރީފުގެ "ރުޅިގަނޑު" ނަޝީދަށާއި އަރިސްބޭފުޅުންނަށް!
March 15, 2023
2 ފަހަރު ބަލާފައި
މެމްބަރު ޝަރީފުގެ "ރުޅިގަނޑު" ނަޝީދަށާއި އަރިސްބޭފުޅުންނަށް!
ސަރުކާރަށް ކޮޕަރަޕްޝަނުގެ ތުހުމަތުތައް ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާތީ ކޯފާވެ، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފު (އައްޑޫ ޝަރީފު) މިއަދު އެ ބޭފުޅުންނަށް ބޮޑެތި ތހުމަތުތަކެއް ކުރައްވައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަރީފު ތުހުމަތު ކުރެއްވި ގޮތުގައި ރާއްޖޭގައި މިހައިތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ޒިންމާ ވެސް ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން އުުފުއްލަވަން ޖެހިވަޑައިގަންނަވަ އެވެ. އެކަމުގައި ކުރީގެ ރައީސް ޔާމީނާއި އެއްވަރަށް ރައީސް ނަޝީދު އުފުއްލަވަން ޖެހިވަޑައިގަންނަވާ ކަމަށް ވެސް ޝަރީފު ތުހުމަތުކުރެއްވި އެވެ. "ހަމަ ސީދާ، އެކަމުގައި [އެމްއެމްޕީއާރުސީގެ ހިޔާނާތުގައި] ބައިވެރިވަނީ ދެ ބޭފުޅުން. އެއީ އަދީބާ އެކު ޖަލުން ސަލާމަތްވާން ވެގެން ޑީލް ހެއްދެވި އަޅުގަނޑުމެންގެ ރައީސް މުހައްމަދު ނަޝީދާއި ޔާމީނު އަބްދުލް ގައްޔޫމާ ދެމީހުން. މި ދެބޭފުޅުން މީގެ ޒިންމާވާން ޖެހޭނީ،" ޝަރީފު ވިދާޅުވި އެވެ. ޝަރީފު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު އެމްޑީޕީގެ ބައެއް މެމްބަރުންގެ އިސްތަށިފުޅުގައި އަޅުވާ އިރު އެއިން އެއްވެސް ބޭފުޅަކީ އަދީބާއި އެކު "ޑީލް ހެދޭ ވަރުގެ ބޭފުޅުން ނޫން" ކަމަށެވެ. އޭރު އެމްޑީޕީން އަދީބާ އެކު ހެދި ހުރިހާ ޑީލެއްގެ ޒިންމާ އުފުލަން ޖެހިވަޑައިގަންނަވާނީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ. "މިކަން އޮޅުވާކަށް އުޅޭނެ ކަމެއް ނެތް، އަޅުގަނޑުމެން ތަހުގީގަށް ތަނަކަށް ގެންދަންވީ. ކަން ހިނގައި ދިޔަ ގޮތް ވަަރަށް ސާފުކޮށް ބުނެދޭނަން. އޭގެ ހެކި އެބަހުރި،" ޝަރީފު ވިދާޅުވި އެވެ. އެމްޑީޕީގެ ތެރޭގައި ނަޝީދު އުފައްދަވައިގެން އުޅުއްވާ ނުރަސްމީ ފެކްޝަނެއް ކަމަށްވާ "ފިކުރެއްގެ ދިރުމުގައި" ތިއްބެވި ބޭފުޅުންނަކީ ކޮރަޕްޝަނާ ދެކޮޅު ބޭފުޅުންނަށް ވެވަޑައިގެން އުޅުއްވިޔަސް އެއިން އެއްވެސް ބޭފުޅަކީ ކޮރަޕްޝަނުން ސަލާމަތްވެފައި ތިބި ބައެއް ނޫން ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ. ޝަރީފު މިމޭރުމުން ވާހަކަ ދެއްކެވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓްގައި ޝަރީފުގެ ނަން އޮތް ކަމަށް ނަޝީދުގެ އަރިސް ބައެއް ބޭފުޅުން ވިދާޅުވުމުންނެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ