
މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
ލިޔުން:
ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
މުހުސިން އެމްޑީޕީއަށް ސޮއި ކުރެއްވީ ރައީސް ސޯލިހް މިހާރު ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ފ. ނިލަންދޫގައި އޮތް ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މުހުސިން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. މަޖްލިސްގައި އަމިއްލަ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން މުހުސިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސްގެ މަގާމުން އީވާ ވަކި ކުރުމަށް މަޖްލިހަށް ހުށަހެޅި ޕެޓިޝަނުގައި ވެސް ސޮއި ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 12 މެމްބަރުން ވަކި ވުމާއި ގުޅިގެން އެޕާޓިގެ މެމްބަރުންގެ އަދަދު 55 އަށް ދަށްވެފައި ވަނިކޮށް މުހުސިން ސޮއިކުރެއްވުމުން 56 މެމްބަރުން މިހާރު ތިއްބަވާނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
